ހަމާސްއަށް ކާމިޔާބު ލިބުނީ ފަލަސްޠީނުގެ ސަރުކާރުގެ ކޮރަޕްޝަނާ ހެދި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 14, 2025

1990 ގެ އަހަރުތަކުގެ ކުރީކޮޅު ޔާސިރު އަރަފާތާއި ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އިން ޑިޕްލޮމެޓިކް މަގެއް ކޮށުމަށްޓަކައި ކުރި މަސައްކަތުން އޮސްލޯގެ މުއާހަދާގައި ސޮއި ކުރެވުނެވެ. މި މުހިންމު އެއްބަސްވުމަކީ ސުލްހައާއި އަދި އެންމެ ފަހުން ފަލަސްތީނުގެ ދައުލަތަކަށް ވުމުގެ ބިންގާ އެޅުން ފަލަސްޠީނުގެ އޮތޯރިޓީ އުފަންވުމަށް މަގުފަހިވި އެއްބަސްވުމެވެ. ނަމަވެސް އޮސްލޯ މުއާހަދާއަށް ފަހު ޔަހޫދީ ޒަޔަނިސްޓުން ފަލަސްޠީނުވެސް ފަލަސްޠީނުގެ ރައްޔިތުންވެސް ބަލައެއް ނުގަތެވެ.

އޮސްލޯގެ އޮނިގަނޑުގެ ތެރެއިން މަޖުބޫރުން އުފެއްދި ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އަށް އިޒްރޭލުން ދިޔައީ ކޮރަޕްޝަނަށް މަގުފަހިކޮށްދެމުންނެވެ. ޕީއޭ އިން ދިޔައީ ފަލަސްޠިނުގެ ރައްޔިތުންގެ ހައްގަށް އަރައިގަނެ، އިޒްރޭލާ ދެކޮޅަށް ނިކުންނަ މީހުން މައިތިރި ކުރުމަށް ޔަހޫދީންގެ ގުނަވަނެއްގެ ގޮތުގައި ހަރަކާތްތެރި ވަމުންނެވެ.

މިފަދަ މާހައުލެއްގައި ފަލަސްޠީނު މީހުންގެ ހައްގުތައް ވަޅުޖެހި ފަލަސްޠީނު މަތިން ދުނިޔެ ހަނދާން ނެތުމުން ހަމާސްގެ ތަރި މެދުއުޑުގައި ޖެހުނެވެ. ހަތިޔާރު އެޅި ދެކޮޅުވެރި ބާރެއްގެ ގޮތުން ހަމާސް ނިކުތީ އާންމު ރައްޔިތުންގެ ގްރާސްރޫޓުގެ ހަރަކާތެއްގެ ގޮތުގައެވެ.

ޕީއޭ އުފެއްދުމަށް ބޭނުންކުރީ މަޝްވަރާގެ މަގެވެ. ހަމާސްއަށް ފެނުނީ އެއީ ދައުލަތެއް އުފެއްދުމަށް މަގެއް ނޫން ކަމަށެވެ. އެހެންވެ ހަތިޔާރު އަޅައިގެން ނިކުތީއެވެ.

ހަމާސްގެ ކުރިއެރުމަކީ ފަލަސްތީނުގެ އިދާރާއާއި އައްބާސްގެ ސަރުކާރުގެ ބަދަލެއްގެ ގޮތުގައި ފަލަސްޠީނު މީހުން ހަމާސް ބަލައި ގަތުމެވެ.

ދިހަ އަހަރުގެ ތެރޭގައި ފަލަސްޠީނުގެ އިދާރާއަށް ނުކުރެވުނު ކަން 2 އަހަރުން ފެނިގެން ހިނގައްޖެއެވެ. އެކަމަކު އިންސާނީ އަދި އުމްރާނީ ތަރައްގީއަށް ބޮޑު ހޭދައެއް ދައްކައިގެންނެވެ. މިނިވަންކަމަކީ އަގެއްނެތް އެއްޗެކޭ ބުނީ ކާކު ހެއްޔެވެ؟

މި ލިޔުމާ ގުޅޭ