ކާނާ ވިހަވެގެން ސްކޫލު ކުދިން ހަސްފަތާލަށް

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 14, 2025

ޗައިނާގެ ގުއަންގްޑޮންގް، ޝަންޑޮންގް އަދި ގުއިޒޯ ޕްރޮވިންސްތަކުގައި ސެޕްޓެމްބަރ މަހު، ކާބޯތަކެތިން ވިހަވުމުގެ 3 ހާދިސާއެއް ހިނގައިފައި ވެއެވެ. މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ކުޑަ ކުދިން ހޮސްޕިޓަލްގައި އެނދުމަތިކުރަން ޖެހުނެވެ. މި ހާދިސާތަކުން ކާބޯތަކެތީގެ ރައްކާތެރިކަން ބެލެހެއްޓުމުގެ ނިޒާމުގެ ބޮޑެތި  މައްސަލަތައް ހާމަވެގެން ދިޔައެވެ.

ސެޕްޓެމްބަރ 11 ގައި ގުއަންގްޑޮންގްގައި އިބްތިދާއީ ސްކޫލްގެ 94 ކުދިން ބަލިވިއެވެ. ސެޕްޓެމްބަރ 12 ގައި ޝަންޑޮންގްގައި 138 ކުދިން އަދި ސެޕްޓެމްބަރ 18 ގައި ގުއިޒޯގައި 100 އަށްވުރެ ގިނަ މީހުން ކާނާ ވިހަވެގެން ބަލިވިއެވެ.

ގުއިޒޯގެ ހާދިސާގައި ގިނަ ބަޔެއްގެ ގުނަވަން ފޭލްވެ، ލޭމަނާ ނުވެ، ކުއްލި ހާލަތުގައި ސާޖަރީ ހަދަން ޖެހުނެވެ.

މި ހާދިސާތަކުގައި ސަރުކާރުން ހާދިސާތަކުގެ ނުރައްކާތެރިކަން ކުޑަކޮށް ދެއްކުމަށް މަސައްކަތްކޮށް، މައިންބަފައިން އިންޓަނެޓަށް ލީ މައުލޫމާތު ފޮހެލުމަށް ބާރުއަޅާފައިވެއެވެ. މިއީ ހަމައެކަނި އިހުމާލެއް ނޫންކަމަށާއި، ރިޝްވަތާއި، ސެންސަރޝިޕް އަދި އޮފިޝަލުންނާއި ވިޔަފާރިތަކުގެ މެދުގައި އޮންނަ ގުޅުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ދިމާވާ މައްސަލައއް ކަމަށް ބުނެ މީހުން ޝަކުވާ ކޮށްފައި ވެއެވެ.

މި ލިޔުމާ ގުޅޭ