ފޭދޫ ރައްޔިތުން ނިންމީ ވަކި ކައުންސިލެއް ބޭނުން ނޫންކަމަށްް

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 25, 2025

އައްޑޫ ސިޓީ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި އެ ކައުންސިލުން ފޭދޫ ވަކިކޮށް އެ ރަށުގައި ވަކި ކައުންސިލެއް އުފެއްދުމަށް ބޭނުން ނުވާ ކަމަށް އެ ރަށުގެ ރައްޔިތުން ނިންމައިފިއެވެ.

މިއަދު ބޭއްވި ވޯޓުގައި ފޭދޫގެ އަށް ފޮށި ވެސް މިހާރު ގުނައި ނިމިފައިވާ އިރު، ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1782 މީހަކު ވަނީ ވޯޓުދީފައެވެ. އެއީ 73.61 ޕަސަންޓު މީހުންނެވެ. އަދި ފެންނަ ކަމަށް ވޯޓު ދިނީ 615 މީހުންނެވެ. އެއީ 25.40 ޕަސަންޓު މީހުންނެވެ.

ފޭދޫގެ ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. މިއަދު ނެގި، ވޯޓުގައި ވޯޓުލުމުގެ ހައްގު 4،368 މީހުންނަށް ލިބުނެވެ.

ދެން ހިމެނޭ ހުޅުދޫ އާއި މީދޫގެ ރައްޔިތުން ވޯޓު ދިނީ ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ.

މި ލިޔުމާ ގުޅޭ