ހިޔާ ޓަވަރަކުން މީހަކުވެއްޓި މަރުވެއްޖެ

މުހައްމަދު އަލީ
ނޮވެމްބަރ 1, 2025

ހުޅުމާލޭ ފޭސް ދޭއްގައި ބިނާކޮށްފައިވާ އަށްވަނަ ޓަވަރުގެ ސާދަވަނަ ބުރީން މީހަކު ވެއްޓި މަރުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެމީހާ ވެއްޓިފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އެމައުލޫމާތު ފުލުހުންނަށް އަންގާފައިވަނީ މިއަދު ހެނދުނު 8:32 ގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެމީހާ ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ ވަނީ ނިޔާވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ވެއްޓިފައިވަނީ ފިރިހެނެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ލިޔުމާ ގުޅޭ