ޣައްޒާގައި ހިންގި ޖެނޮސައިޑްގައި ބޭނުން ކުރި ތެޔޮ ސަޕްލައި ކޮށްދިން ކަޒަޚިސްތާނުން އިބްރާހީމީ މުއާހަދާގައި ބައިވެރިވެއްޖެއެވެ. ރައީސް ގާސިމް ޓޯމާރް ޓަކަޔޭވްގެ ސަރުކާރަކީ ފަލަސްޠީނު މީހުންގެ ޖެނޮސައިޑަށް ހިތްވަރު ދިން މަދު މުސްލިމު ގައުމުތަކުގެ ތެރޭގައި ހިމެނުނު ގައުމެކެވެ.
ކަޒަޚިސްތާނުން ތެޔޮ ސަޕްލައި ކޮށްދިނީ ތުރުކީ މަގުން ލައިގެންނެވެ.
އިބްރާހީމީ މުއާހަދާއަކީ ޓްރަމްޕްގެ އާއިލީ ވިޔަފާރިއަށް މެދުއިރުމަތި ފައްކާ ކުރުމަށް އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އެކުލަވާފައިވާ ޔަހޫދީންނާއެކު އަރަބިންނާއި މުސްލިމުން ސުލްހަވުމަށް ބާރުއަޅާ މުއާހަދާއެކެވެ.
މި މުއާހަދާއަށް އީމާންވާ އެންމެ ފާހަގަ ކުރެވޭ ގައުމަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް އެވެ. ސޫދާންގައި ގަތުލުއާންމު ހިންގާ ޖަންޖަވީދު ހަނގުރާމަވެރިންނާއި ރެޕިޑް ފޯސްއަށް ހަތިޔާރާއި އެހީތެރިކަން ދެނީ ޔޫއޭއީން ކަމަށްވެސް ތުހުމަތު ކުރފެއެވެ. އަދި ޔޫއޭއީގެ އަމާޒަކީ ސޫދާންގެ ރަންވަޅުތައް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.






