އިންޓަރނެޓްގައި ހުރި ތަކެތިން މަމްދާނީ ޑިލީޓް ކުރަން ބޭނުންވަނީ ކޮން ފޮޓޯއެއް؟
ނިއުޔޯކުގެ މޭޔަރު މުންތަޚަބް ޒަހްރާން މަމްދާނީއާ ސުއާލު ކުރެވުނީ އިންޓަރނެޓްގައި ހުރި އޭނާގެ ފޮޓޯތަކުން އޭނާ ބޭނުން ވަނީ ކޮންފޮޓޯއެއް ޑިލީޓް ކުރަން ތޯއެވެ؟
ޖަވާބުގައި އޭނާ ވިދާޅުވީ ރެޕް ލަވަކިޔުންތެރިއަކަށް އުޅުނު ދުވަސްވަރު އެރަން ލައިގެން ނަގާފަ ހުރި ފޮޓޯއެއް ނޫން އެއްޗެއް ޑިލީޓް ކުރައްވަން ބޭނުންފުޅު ނޫން ކަމަށެވެ.
މި ފޮޓޯއަކީ މަމްދާނީއާ ދެކޮޅަށް ޕްރޮޕެގެންޑާ ކުރާ ޔަހޫދީ މީޑިއާގައި އޭނާގެ އަގު ވައްޓާލުމަށް ބޭނުން ކުރާ ފޮޓޯއެކެވެ.
ޔަހޫދީންގެ ޒަޔަނިސްޓު ޖަމާއަތްތަކުން ވަނީ މަމްދާނީ ވޮޗްގެ ނަމުން އޭނާގެ ކަންކަމަށް ފާރަ ލުމަށް މިހާރު ޖަމާއަތެއް އެކުލަވާލައި އޭނާގެ އަގު ވައްޓާލުމަށް ވާހަކަތައް ފެތުރުމަށް ވެބްސައިޓެއް އެކުލަވާލާފައެވެ.






