އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މަތީ ފަންތީގެ އޮފިޝަލުން ގިނައިން ބޭނުންކުރާ މެރީލޭންޑް އެއާފޯސް ބޭސްގައި ޝައްކު ކުރެވޭ ޕެކޭޖެއް ފެނިގެން ނުރައްކަލުގެ އިންޒާރު ދީފިއެވެ.
އެ ޕެކޭޖުގައި ހުރީ ގޮތް ނޭނގޭ ހުދު ކުނޑިތަކެކެވެ. އަދި އެއާއެކު ”ސިޔާސީ ޕްރޮޕެގެންޑާ މެޓީރިއަލް“ އެއް ހުރި ކަމަށްވެސް ބުނެއެވެ.
އެ ޕާރްސަލް ހުޅުވާލުމުން އެތައް ބަޔެއްގެ ބޮލުގައި ރިއްސާތީ ޝަކުވާކޮށްފައިޥާ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 7 މީހަކު ހޮސްޕިޓަލަށް ގެނދިޔަ ކަމަށް ބުނެފައި ވެއެވެ. އަދި އެއަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތާއި ވަށައިގެންވާ ސަރަހައްދު ބަންދުކޮށް މައްސަލަ އޮފީސް އޮފް ސްޕެޝަލް އިންވެސްޓިގޭޝަންސް އަށް ފޮނުވި ކަމަށް މީޑިއާއިން ބުނެއެވެ.
އެންޑްރޫސް އަސްކަރީ ވައިގެ މަރުކަޒު ހުންނަނީ ވައިޓް ހައުސް އާއި ގާތްގަނޑަކަށް 30 މިނެޓް ދުރުގައެވެ. އެއީ އެއާފޯސް ވަންގެ މައި މަރުކަޒު ކަމަށެވެ. އެމެރިކާއަށް މިފަދަ މުހިންމު ތަނެއްގެ ސަލާމަތީ ކަންކަން ނުބެލެހެއްޓޭތީ މީހުން ވަނީ އެމެރިކާއިން އަމިއްލައަށް ކުރާ ޕްރޮޕެގެންޑާއާ މެދު ސުއާޅު އުފައްދާފައެވެ.






