ދޮޅުއަހަރުގެ ކުއްޖާގެ މަންމަ 6 މީހުން މަރާލުމުން ދަންޖައްސަނީ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 8, 2025

އާއިލާގެ 6 މީހުން މަރާލި އަންހެން މީހާ ދަންޖެއްސުމަށް ޙުކުމް ކޮށްފިއެވެ. މިސްރުގެ މަތީ ކޯޓުން ޙުކުމް ކޮށްފައި ވަނީ އުމުރުން 26 އަހަރުގެ ހާޖަރު އަބްދުލްކަރީމް ދަންޖައްސައިގެން މަރުގެ ނިޔާ ތަންފީޒު ކުރުމަށެވެ. ކޯޓުގެ ޙުކުމާއެކު އޭނާ ދަންޖެއްސުން ސައްޙަތޯ ބެލުމަށް މުފްތީގެ އޮފީހަށް ވަނީ އާންމު އުސޫލުން އިތުރު ރައުޔެއް ހޯދުމަށް ފޮނުވާފައެވެ.

ހާޖަރު ވަނީ ބާރުގަދަ ކެމިކަލްއެއް ކާނާއާ އެއްކޮށްގެން އޭނާގެ ފިރިމީހާއާއި ހާޖަރުގެ 5 ދޮން ދަރިން މަރާލާފައެވެ. އަދި އޭނާގެ ފިރިމިހާގެ ކުރީގެ އަންހެނުންނާއި އޭނާގެ އެންމެ ކުޑަ ދަރިފުޅު މަރާލަންވެސް މަސައްކަތް ކުރިއެވެ.

ކޯޓުން ބުނެފައި ވަނީ މިބާވަތުގެ ނުލަފާ ޖަރީމާއެއް މިފަހުން ބަލާފައި ނުވާނެ ކަމަށެވެ.

މުފްތީގެ ރައުޔުގައި ހާޖަރު ދަންޖެއްސުމަށް ހުރަސް އެޅޭ ފަދަ ސަބަބެއް ނެތް ކަމަށް ވިދާޅުވެއްޖެނަމަ ހާޖަރު ދަންޖެއްސުން ކުރިއަށް ދާނެއެވެ.

ޝަރީއަތުގެ މަޖިލީހަށް އިއްޔެ އޭނާ ގެނައި އިރު އޭނާއާއެކު އޭނާގެ އުމުރުން ދޮޅު އަހަރު ނުފުރޭ އެންމެ ކުޑަ ދަރިފުޅު ވެސް ގެނައެވެ. މިމީހާ މިޖަރީމާ ހިންގާފައި ވަނީ މިދިޔަ ޖުލައި މަހުއެވެ. އޭނާއަށް ޖަރީމާ ހިންގުމަށް މެދުވެރިވި ސަބަބު ސާފެއް ނުވެއެވެ.

މި ލިޔުމާ ގުޅޭ