ހަންގޭރީގެ ރައީސް ވިކްޓަރ އޯބަން ވަނީ ވައިޓްހައުސްގެ ތަރުޖުމާން ދުވަސްކޮޅަކަށް ހަންގެރީގައި މަސައްކަތް ކުރުމަށް ވީއްލުމަށް ޓްރަމްޕް ގާތުން އެދިވަޑައިގެންފިއެވެ. ވޮޝިންގްޓަންގައި ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރައްވައި، އޯރްބަން ސަމާސާ ރާގަކަށް ވިދާޅުވީ ވައިޓްހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ދުވަސްކޮޅަކަށް އޭނާއާއެކު މަސައްކަތް ކޮށްލުމަށް ވީއްލައި ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
ޓްރަމްޕްވެސް މަޖާވެވަޑައިގެން އެއަށް ޖަވާބު ދެއްވަމުން ވިދާޅުވީ ލެވިޓް އޭނާ ދޫކޮށް ހަންގެރީއަށް ނުދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.






