ބިރަކާ ނުލައި ޔަހޫދީން ދަނީ ޖެނޮސައިޑް ހިންގަމުންނެވެ. ޖެނޮސައިޑް ނިންމުމަށް އަރަބިންނާއި މުސްލިމުން ޓްރަމްޕަށް ޚުޝާމަދުކޮށް ބާއްވައި ދިން ޝަރަމުއްޝައިޚުގެ ބޮޑު މަހާސިންތާ މިހާރު ވަނީ ޖޯކަކަށް ވެފައެވެ.
ޖެނޮސައިޑް ނިންމިކަމަށް އިއުލާންކޮށް މުސްލިމު ލީޑަރުންނާއި ޓްރަމްޕް ބަގަލްގީރު ކުރިފަހުން މިހާތަނަށް ޔަހޫދީން ވަނީ ގަތުލުއާންމުތަކާއި ބޮން އެޅުމުގައި ފަލަސްޠީނުގެ 240 މީހުން ޝަހީދުކޮށްލާފައެވެ. ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
10 ހާސް މީހުން ވަނީ ޔަހޫދީން ބޮން އަޅާފައިޥާ އިމާރާތްތަކުގެ ދަށުވެފައެވެ.
ލައްކައާ ގާތްކުރާ އަދަދެއެގެ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. ވާނުވާ ނޭނގި ގެއްލިފައިވާ މީހންގެ އަދަދާއި ހެދި ޖުމުލަ އަދަދު ސާފެއް ނުވެއެވެ.






