ޓްރަމްޕްގެ އެކުވެރިންނާ ގުޅިފައިވާ ޖިންސީ ކުށްތަކުގެ މައްސަލަތައް އިތުރުވަނީ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 20, 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރޫޙާނީ އިރުޝާދުދޭ ފަރާތެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި މުޝީރު، އަދި ޓެކްސަސްގެ މަޝްހޫރު އެންމެ ބޮޑު ފައްޅީގެ ބާނީ، ރޮބަޓް މޮރިސް (ފޮޓޯގައި ވ) އަށް 12 އަހަރުގެ އަންހެންކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގައިގެން ހުކުމް ކޮށްފިއެވެ. މިއީ ޓްރަމްޕްގެ އައުވާނުންގެ ތެރޭން ސިލްސިލާކޮށް ކުޑަކުދިންނާ ބެހެމުން ދިޔަ މީހުންގެ ތެރޭން އެކަކެވެ. މޮރިސްއަށް އިއްވާފައި ވަނީ، ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާ ވަނީ، 1980ގެ އަހަރުތަކުގައި، އޭރު 12 އަހަރުގެ ކުއްޖެއް ކަމަށްވާ ސިންޑީ ކްލެމިޝިއަރއަށް، ފަސް ފަހަރު ޖިންސީ ގޯނާކުރި ކަމަށް އެއްބަސްވެފައެވެ.

މޮރިސްއަށް ދިހަ އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވިޔަސް، އޭނާ ޖަލުގައި ހުންނަން ޖެހޭނީ ހަ މަސް ދުވަހުއެވެ. އޭގެ ފަހުން ޕްރޮބޭޝަންގެ ދަށުން އޭނާ ގެއަށް ބަދަލު ކުރާނެއެވެ. އަދި މީގެ އިތުރުން އުމުރު ދުވަހަށް އޭނާ ޖިންސީ ކުށްވެރިއެއްގެ ގޮތުގައި ދަފްތަރު ކުރެވި ސްކޫލުތައް ކައިރިން ދަތުރު ކުރުން މަނާ ވެގެންވާނެއެވެ. އަދި އެކުއްޖާއަށް ބނަދަލު ވެސް ދޭން ޖެހޭނެއެވެ.

ރޮބަޓް މޮރިސްގެ މި ޖަރީމާއަކީ އައު ކަމެއް ނޫނެވެ. ޓްރަމްޕްގެ އެކުވެރިންނާއި ގުޅިފައިވާ ޖިންސީ ކުށްތަކުގެ މައްސަލަތަކުގެ ސިލްސިލާ އެއް މީޑިއާއިން ފާހަގަ ކުރެއެވެ. މީގެރޭގައި، ނުފުޒުގަދަ ފިރިހެނުންނަށް އުމުރު ހަމަ ނުވާ އަންހެން ކުދިން ހޯދައި ދިނުމުގެ ވިޔަފާރީގައި އުޅުނު ޔަހޫދީންގެ ޖާސޫސް އެޕްސްޓީން ދައްލާލް ހިމެނެއެވެ. އޭނާއަކީ ޓްރަމްޕާއެކު ގުޅުން ބާއްވަމުން ގެންދިޔަ މީހެކެވެ.

މީގެ އިތުރުން، ޓްރަމްޕްގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަރަކާތްތެރިވި ޖޯޖް ނާދަރު ވެސް ވަނީ ކުޑަކުއްޖަކު ޖިންސީ ގޯނާ ކުރުމާއި ޖިންސީ ވިޔަފާރިއަށް ކުޑަކުދިން ޓްރާންސްޕޯޓް ކުރުމާއި، ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުމާއި ގުޅުންހުރި ކުށްތަކަށް އިއުތިރާފުވެ، 2020 ވަނަ އަހަރު ދިހަ އަހަރުގެ ޖަލު ހުކުމެއް ހޯދާފައެވެ.

އަދި ޓްރަމްޕްގެ ކެމްޕެއިންގެ ޗެއަރމަނަކަށް ހުރި، ކެންޓަކީގެ ކުރީގެ ފަނޑިޔާރު، ޓިމް ނޯލަން ވެސް ވަނީ ޖިންސީ ވިޔަފާރީގައި 19 ކުޑަކުދިން ގެންގުޅުނު ކަމަށް އެއްބަސްވެ  2018 ވަނަ އަހަރު 20 އަހަރުގެ ޖަލު ހުކުމެއް ހޯދާފައެވެ.

ޓްރަމްޕަކީ ދީނީ ކާޑު ދައްކައިގެން ވެރިކަމަށް އައި މީހެކެވެ.

މި ލިޔުމާ ގުޅޭ