އެމެރިކާގެ އިންޑިއާނާ ސްޓޭޓްގެ އިސް ފާދިރީގެ ދަރިފުޅު ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅެ އެތަކެތިން ވިޔަފާރި ކުރަމުން ދަނިކޮށް ހައްޔަރުކޮށްފިއެވެ. އުމުރުން 24 އަހަރުގެ ޖޮނަތަން ވެސްލީ ޕީޓަރނެލް ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައި ވަނީ މިދިޔަ މަހުގައެވެ.
ފުލުހުން ބުނާ ގޮތުގައި އޭނާގެ ކޮމްޕިއުޓަރުން ކުޑަ ކުދިންނާއެކު ޖިންސީ ގުޅުން ހިންގާ 200 އަށް ވުރެން ގިނަ ވީޑިއޯއާއި މަންޒަރުތައް ފެނިފައި ވެއެވެ. އޭނާގެ ޖަރީމާއާ މެދު ފުލުހުން ފާރަލާން ފެށީ ސްނެޕްޗެޓު މެދުވެރިކޮށް އޭނާގެ ވިޔަފާރި ބޭޒާރުކޮށްލުމަށް ބަޔަކު ފުލުހަށް ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
- އެމެރިކާގައި 41 ސްޓޭޓެއް ގައި އުމުރުން 18 އަހަރުގެ ދަށުގެ ކުދިންނާ ކައިވެނި ކުރެވެއެވެ.
- އެމެރިކާގައި 2000 އާއި 2021 އާ ދެމެދު 18 އަހަރު ނުފުރޭ 3 ލައްކަ ކުދިން ކައިވެނި ކޮށްފައިވެއެވެ.
- އެމެރިކާގައި އަހަރަކު، 5 ލައްކަ 50 ހާސް ކުދިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެއެވެ.
- ޔޫއެންއޯސީޑީގެ ގައުމުތަކުގެ 29 ގައުމުގެ ތެރޭން ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އެމެރިކާއަކީ 26 ވަނަ އެވެ.
ބައްޕަ ފާދިރީއާއެކު އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމުން ފޯނާއި ކޮމްޕިއުޓަރު އަދި ޑްރައިވްތަކުން އާދަޔާ ޚިލާފް މަންޒަރުތައް ފެނިފައި ވެއެވެ. ފުލުހުން ބުނެފައި ވަނީ އުމުރު ހަމަނުވާ އިރު ބަލިވެ ތިބި ކުދިންތަކަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރުވެސް އެއިން ފެންނަ ކަމަށެވެ.ނަމަވެސް އެމީހާ ވަނީ ބެއިލްއަށް ދޫކޮށްލާފައެވެ!ވެސްލީ ޕީޓަރނެލް އަކީ އިންޑިއާނާ ސްޓޭޓްގެ މެދުތެރޭގައި ހުންނަ އެންމެ ބޮޑު ފައްޅި ކަމަށްވާ ލައިފް ޗާޗުގެ އިސް ފާދިރީ ކަމަށްވާ ނޭތަން ޕީޓަރނެލްގެ ދަރިއެކެވެ.






