ސްވިޗް ގިއަރެއް ރަނގަޅު ކުރަނިކޮށް ރޯވެ ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާވެ ފަަރުވާ ދޭން ފަށައިފި

މުހައްމަދު އަލީ
ނޮވެމްބަރ 26, 2025

ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވެފައިވަނީ މިހާދިސާގައި އެކުންފުނީގެ މުވައްޒަފަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އެމީހާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ވެސް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެއްވައެވެ.

ހުޅުމާލޭ ބައު އިންޖީނުގޭގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހުޅުމާލެއާއި މާލޭގެ ބައެއް ގޭގެއިން މިއަދުވަނީ ކަރަންޓުވެސް ގޮސްފައެވެ. އެހެނަމަވެސް ބޮނޑިބަތްޕާކު ސަރަހައްދުގެ ގެތައް ފިޔަވާ އެހެން ހިސާބުތަކަށް މިހާރުވަނީ ކަރަންޓު ދޭން ފަށައިފައެވެ.

 

މި ލިޔުމާ ގުޅޭ