ސްރީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ ގަދަ ވިއްސާރައިގައި، އެ ގައުމުގެ ނުވަރައެލިޔާއަށް ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ދިވެހި އާއިލާ ސަލާމަތުން ތިބިކަން ކަށަވަރުވެއްޖެއެވެ. މި އާއިލާއާ ގުޅިފައި މިވަނީ އެ މީހުންގެ ހަބަރެއް ނުވެގެން އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އެކި ހިސާބުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި ތޫފާނެއްގެ އަސަރުކޮށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، އެ އާއިލާ ނުވަރަ އެލިޔާއަށް ދަތުރުކުރި ފަހުން މުއާސަލާތު ކެަނޑުމާ ގުޅިގެން ގިނަ ބަޔަކު ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް އެ އާއިލާގެ މެންބަރުންނާ މިހާރު ގުޅިފައިވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
މި ދުވަސްވަރަކީ ލަންކާއަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، އެ ގައުމުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުން މުހިންމެވެ. ވަކިން ހާއްސަކޮށް އެއްތަނުން އަނެއް ތަނަށް ދަތުރުކުރާއިރު މޫސުމީ އިންޒާރުތަކަށް ބެލުމަށާއި، ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް އަމަލުކުރުމަށް އެދެއެވެ.






