ދުނިޔޭގެ އެންމެބޮޑު އެއް ޑްރެޖަރު ގެނެސް ރަސްމާލެ ހިއްކަން ފަށައިފި

މުހައްމަދު އަލީ
ޑިސެމްބަރ 1, 2025

ރަސްމާލެ ހިއްކުމުގައި ދުނިޔޭގެ އެންމެބޮޑު އެއް ހޮޕަރ ޑްރެޖަރުކަމަށްވާ ކްރިސްޓްބަލް ކޮލޮން ބޭނުން ކުރަންފަށައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މި ޑްރެޖަރުން ހިއްކަން ފެށުމުން ހިއްކުމުގެ މަސައްކަތް ތިންގުނަ އަވަސް ވެގެންދާނޭ ކަމަށެވެ.
ރަސްމާލެއަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫއެކެވެ. ވެރިކަމުގެ ފުރަތަމަ އަށްމަސްތެރޭގައި މިތަން ހިއްކަން މަސައްކަތް ކުރިނަމަވެސް ތަފާތު ސަބަބުތަކާހެދި މައްސައްކަތްވަނީ ލަސްވެފައެވެ. އެހެންނަވެސް ރައީސްގެ އުންމީދީ މި މަސައްލަތް ދެން މާބޮޑަށް ލަސްތަކެއް ނުވެ ނިންމާލެވޭނެއެވެ.

ރަސްމާލެ ވެގެންދާނީ އިކޯ ސިޓީއެއްގެ ގޮތުގައި މުޅިދުނިޔޭގައި ވެސް ތަރައްގީ ކުރެވޭ ފުރަތަމަ ސިޓީއަށެވެ. ރަސްމާލެއާއެކު ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

 

މި ލިޔުމާ ގުޅޭ