ޓެލެތޯނަށް އެންމެބޮޑު އެހީއެއް ދީފައިވަނީ ދިވެހި ފުލުހުން. އެތަނުންވަނީ 2.4 މިލިއަން ރުފިޔާ ހަދިޔާކޮށްފައި/ފޮޓޯ ޕީއެސްއެމް

ޓެލެތޯނަށް އެގާރަ މިލިއަން ރުފިޔާ

މުހައްމަދު އަލީ
ޑިސެމްބަރ 1, 2025

އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ ކާރިސާ ސަބަބުން އެގައުމުގެ ރައްޔިތުންނަށް އެހީވާން ބޭއްވި ”ސިލޯނާއެކު ދިވެހިން“ ޓެލެތޯން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އިއްޔެ ހެނދުނު ނުވައަކުން މިއަދު މެންދުރުފަހު ދެއަކަށް ކުރިއަށް ގެންދިޔަ މިހަރާކާތުގައި ވަނީ ޖުމްލަ 11.4 މިލިއަން ރުފިޔާއި 43،000 ޑޮލަރު ލިބިފައި ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ.
މި ޓެލެތޯނަށް ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި ބައެއް މީޑިއަމް ތަކުންނާއި ހެޔޮއެދޭ ފަރާތްތަކުންނާއި ސަރުކާރުގެ ބޮޑެތި މުއައްސަސާތަކުން ވަނީ ފައިސާގެ އެހީ ދީފައެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ އެހީގެ ފޮށިތައް ވެސް ބެހެއްޓިއެވެ.

ޓެލެތޯނަށް ލިބުނު ފައިސާ ގުނުމުގެ މަސައްކަތް ބީއެމްއެލްއާއި ކްރޯ މޯލްޑިވްސް ގުޅިގެންދަނީ ކުރަމުން ކަމަށް ޕީއެސްއެމްއިން ވަނީ ބުނެފައެވެ. ފައިސާގެ މުޅި ޖުމްލަ އެނގޭނީ ފައިސާ ގުނައި ނިމުމުންނެވެ.

މި ލިޔުމާ ގުޅޭ