ދޮގުމަޢުލޫމާތު ނުފަތުރާ، ރަނގަޅުމީހާ ވެސް ބަދުނާމު ވެދާނެ: މިނިސްޓަރ އިޙްސާން

މުހައްމަދު އަލީ
ޑިސެމްބަރ 1, 2025

ދޮގުމަޢުލޫމާތު ނުފެތުރުމަށް ހޯމްލޭންޑް މިނިސްޓަރ ޢަލީ އިޙްސާން އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރ ވިދާޅުވީ އެއްވެސް މައުލޫމާތެއް ފެތުރުމުގެ ކުރީން އޭގެ ތެދުދޮގު ނުވަތަ ހަގީގަތް ބަލަން ޖެހޭކަމަށެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބެޗްލަރއޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ދަރިވަރުން ކުރިއަށް ގެންދިޔަ ”ނޯ ކެޕް ޖަސްޓް ފެކްޓްސް“ ކެމްޕޭނުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ މިއީ މައުލޫމާތެއް ފެތުރުމަށް ކުޑަހިނދުކޮޅެއް ނަގާ ޒަމާން ކަމަށެވެ. އެފަތުރާ މައުލޫމާތަކީ ދޮގު ކަމަށް ވެއްޖެ ކަމަށްވާނަމަ އެއިން ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެފަދަ ދޮގު މައުލޫމާތެއްގެ ތެދު ނުވަތަ ހަގީގަތް ހާމަކުރަން އެތައް ތަކުލީފަކާއި ދަތިކަމަކާ ކުރިމަތިލާން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެންމެ ނުރައްކާތެރި އެއްކަމަކީ މިފަދަ މައުލޫމާތުގެ ސަބަބުން ރަނގަޅުމީހާވެސް ބަދުނާމުވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ އެދިވަޑައިގެންނެވީ ދޮގު މައުލޫމާތު ފެތުރުމުގެ ބަދަލުގައި އެންމެންވެސް ތެދުމައުލޫމާތު ފެރުމަށެވެ.

މި ލިޔުމާ ގުޅޭ