ކުރީގެ ޔޫތު މިނިސްޓަރު މަހުލޫފް

ފަލަސްތީނާއި ޖަޕާނަށް ކަނޑައަޅާ ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

މުޙައްމަދު ގުރައިޝް އަޙްމަދު
ޑިސެމްބަރ 3, 2025
ރާއްޖެއިން ފަލަސްތީނާއި ޖަޕާނަށް ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި މި ނަންތައް ދިރާސާކޮށްފައި ވަނީ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންނެވެ. މީގެއިތުރުން އުރުދުންއަށް ކަނޑައަޅާ ސަފީރަށް ވެސް މިއަދު ވަނީ ރުހުން ދީފައެވެ.

ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް އައްޔަނުކުރަން ފާސްކުރީ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށެވެ. ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އާ ދާދި ފަހުން ގުޅިވަޑައިގެންނެވި މަހުލޫފަށް ރުހުން ދޭން ފެންނަ ކަމަށް 60 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އޭނާ ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސް މަޖިލީހަށް ފޮނުއްވީ ނިމިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ފަލަސްތީނަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އައްޔަނުކުރަން 62 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ. އަދި އުރުދުންގެ ސަފީރުކަމަށް، އެ މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު ހަމަޖެއްސުމަށް 63 މެންބަރުން ވޯޓު ދެއްވިއެވެ. މި ދެ ބޭފުޅުންނަކީ ވެސް ފޮރިން މިނިސްޓްރީގައި ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

މި ލިޔުމާ ގުޅޭ