މި ނިކުންނަނީ އެމްޑީޕީ ޒުވާން ޖީލަކަށް ފައްކާ ކުރަން: ސައްޕެ

މުހައްމަދު އަލީ
ޑިސެމްބަރ 3, 2025

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލަނީ އެޕާޓީ ޒުވާން ޖީލަކަށް ފައްކާކުރަން ކަމަށް އެޕާޓީގެ އެއް ފައުންޑަރ ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.

”އަޅުގަނޑު އެމްޑީޕީ ޗެއަރޕާސަން ކަމަށް ކުރިމަތި މިލަނީ އެމްޑީޕީ ޒުވާން ޖީލަކަށް ފައްކާކުރުމުގެ މަތިވެރި މަޤުޞަދުގައި. އަޅުގަނޑު މިހުރީ އެހެންވަޒީފާއެއް އަދާނުކޮށް އެމްޑީޕީ ހިންގުމަށް ހުރިހާ ވަގުތެއް ޚާއްޞަ ކުރުމަށް ފިސާރި ރަނގަޅަށް ތައްޔާރުވެގެން،“ ސައްޕަ ވިދާޅުވެފައިވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ މައުލޫމާތާއި ޚިދުމަތާއި ތަޖުރިބާގެ އަލީގައި އެމްޑީޕީ ޒުވާން ޖީލަކަށް ފައްކާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނޭ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމު ހުސްވީ އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ސައްޕޭގެ އިތުރުން އެމަގާމަށް ކުރިމަތިލައްވާނޭ ކަމަށް ވިދާޅުވެފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.

 

 

މި ލިޔުމާ ގުޅޭ