ހުއްދަނެތި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިތަން ބަންދުކުރީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި، ކަސްޓަމާއި، އިކޮނޮމިކް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި ހަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ބަންދުކުރި ތަނާބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.
ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކައި ގެންގުޅުމަކީ މަނާ ކަމެކެވެ.






