ފޮޓޯ ޕީއެސްއެމް

ގަމު އިންޖީނުގޭ ޖަނަރޭޓަރެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

މުހައްމަދު އަލީ
ޑިސެމްބަރ 3, 2025

ލ. އަތޮޅު ގަމު ތުނޑީ އަވަށު ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިހާދިސާގެ މައުލޫމާތު  މިއަދު ލިބުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށް އެތަނުން ވިދާޅުވިއެވެ. މިހާދިސާ ހިންގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި ވަނީ އިންޖީނުގޭގައި ބޭނުންކުރާ ޖަނަރޭޓަރެއް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައި ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ނިޔާވެފައި ނުވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ބަލަމުންދާ ކަމަށެވެ.

އިންޖީނު ގޭގައި ރޯވި އަލިފާން މިއަދު 15:50 އެހާކަންހާއިރު ވަނީ ނިއްވާލައިފައެވެ. އަލިފާން ނިއްވާފައިވަނީ ސިފައިންނާއި ފުލުހުންނާއި އާންމުން ގުޅިގެންނެވެ.

 

މި ލިޔުމާ ގުޅޭ