އެމެރިކާ މުސްލިމުން ދެކެ މިވަރަށް ބިރު ގަންނަނީ ކީއްވެ؟

އިބްރާހީމްް ސަމީރު
ޑިސެމްބަރ 4, 2025

އިސްލާމްދީނާ ދެކޮޅަށް މިއަށް ވުރެން ހަރުކަށިކޮށް ބުނާނީ ކީކޭ؟

މިއީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ދައްކާފައިވާ ވާހަކަ.

”ހަރުކަށި އިސްލާމުން ދައްކަނީ، އެމީހުންގެ އެދުމަކީ ހަމައެކަނި ދުނިޔޭގެ އެހެން ސަރަހައްދަކަށް ވެރިވެގަނެ، އެމީހުންގެ ކުޑަ ކުދަ ޚިލާފަތެއް ބިނާކުރުމަށް އެކަންޏެއް ނޫން. އެމީހުން ބޭނުންވަނީ އެއަށްވުރެން ބޮޑަށް ފުޅާކުރަން.

އެއީ އޭގެ ޒާތުގައި ބޮޑު ބަދަލެއް ގެނުވާނެ ކަމެއް.

އެކަމުން އެމީހުން ބޭނުން ވަނީ އިތުރު ސަރަހައްދުތަކާއި އިތުރު މީހުން ބޮޑަށް ކޮންޓްރޯލް ކުރަން.

އެއީ ދުނިޔެއަށް އޮތް ސާފު އަދި ފާޅު ނުރައްކަލެއް. އަދި އެއީ ހުޅަނގަށް ވެސް އޮތް ނުރައްކަލެއް.

ވަކިން ޚާއްޞަކޮށް އެމެރިކާއަށް އޮތް ނުރައްކަލެއް. އެމީހުން ދެކެނީ މި ޕްލެނެޓްގެ ނުބައިކަމުގެ މައިގަނޑު މަސްދަރަކީ އެމެރިކާ ކަމަށް“ ރޫބިއޯ

މިއީ އިޒްރޭލުގެ ޖެނޮސައިޑް ހިންގުމަށް ހަތިޔާރު ދިންކަމަށް އެއްބަސްވި ސަރުކާރުގެ ޚާރިޖީ ވަޒީރު މުސްލިމުންނާ މެދު ދުނިޔޭގެ މީހުން ބިރު ގެންނެވުމަށް ދައްކާފައިވާ ވާހަކައެވެ. ވިއެޓްނާމްގައި ހަނގުރާމައިގެ ޖަރީމާތައް ހިންގީ މުސްލިމުންނެއް ނޫނެވެ. އަދި އިރާގާއި އަފްޣާނިސްތާނުގައި ހަނގުރާމައިގެ ޖަރީމާތައްވެސް ހިންގީ މުސްލިމުންނެއް ނޫނެވެ. އަދި ހިރޮޝިމާއާއި ނަގާސާކީއަށް އެންމެ ބޮޑު ބޮން އަޅައި ހަނގުރާމައިގެ ޖަރީމާ ހިންގުމުގައިވެސް މުސްލިމުންގެ ދައުރެއް ނުވެއެވެ. އަދި އެމެރިކާގެ ފަސްގަނޑުގެ އަސްލު ވަޒަންވެރިންގެ މިލިއަން މީހުންގެ ނަސްލު ނައްތާލުމުގައިވެސް މުސްލިމުން ބައިވެރިވެފައެއް ނުވެއެވެ.

އެކަމަކު މިވެރިން މުސްލިމުންގެ ދެކެ މި ވަރަށް ބިރު ގަންނަނީ ކީއްވެގެން ހެއްޔެވެ؟ ޔަގީނުންވެސް މިމީހުންނަށް އެނގޭ ސިއްރެއް މިކަމުގައި އެބަ ވެއެވެ!

މި ލިޔުމާ ގުޅޭ