ބަންކަރިންގެ ހިދުމަތް ފަށަން އެސްޓީއޯ ތައްޔާރު ވެއްޖެ

ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ ނަވާރަ ވަނަދުވަހުއެވެ. އެސްޓީއޯއިން ވިދާޅުވީ މި ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހާރުވަނީ ނިމިފައި ކަމަށެވެ. އެކުންފުނީން ވިދާޅުވެފައިވަނީ ބަންކަރިންގެ ޚިދުމަތުގެ އިތުރުން އެހެނިހެން ހިދުމަތްތައް ވެސް އެ ސަރަހައްދުގައި ފޯރުކޮށްށްދެވޭނެއެވެ. ”މިހާރުވެސް ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތަށް އެދި ބުކިންގތައް ލިބެމުންދާކަން […]
ޗައިނާގެ އިގްތިސާދު ވަޅުޖެހެނީ

ޗައިނާގެ އިގްތިސާދު ވަޅުޖެހެމުންދާ ކަމަށް ބެއިޖިންގ އިން ހާމަ ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ހަފްތާ ބަންދުގައި ޝާއިއުކުރި ރިޕޯޓްތަކުން ދައްކާ ގޮތުގައި ސިނާއީ އުފެއްދުންތަކާއި އިންވެސްޓްމަންޓާއި ރައްޔިތުންގެ މުދަލާއި ޚިދުމަތަށް ކުރާ ޚަރަދު ލަފާކުރި ވަރަށް ވުރެ ބޮޑަށް މަޑުޖެހިފައި ވެއެވެ. ޗައިނާގެ އިޤްތިޞާދަށް ދިމާވެގެން އުޅޭ މައްސަލައަކީ ހީކުރި މިންވަރަށް ވުރެން އިޤްތިޞާދީ ތަރައްޤީގެ ދުވެލި ލަސްވުމެކެވެ. އޮގަސްޓް މަހު ރީޓެއިލް ވިޔަފާރި 2.1 އިންސައްތައަށް އިތުރުވެފައި ވެއެވެ. ނަމަވެސް މިއީ ރޮއިޓާސް އިން ކުރި […]
ސައިކަލެއް ފޭރުނު މީހަކު ބަންދުކޮށްފި

ސައިކަލެއް ފޭރުނު މައްސަލައެއްގައި މީހަކު ބަންދުކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލާގައި ބަންދުކޮށްފައިވަނީ މ. މާކަނާ، އަހުމަދު ޝައިރަފް އަބްދުއްރަހީމް ކަމަށެވެ. އޭނާ މި ޖަރީމާ ހިންގާފައިވަނީ ސެޕްޓެމްބަރ ސާދުވަނަދުވަހު ފަތިހުގެ ވަގުތެއްގައެވެ. ސައިކަލް ފޭރިގެންފައިވަނީ ގުލާބީ މަގުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާ އެކަން ކޮށްފައިވާ ގޮތާބެހޭގޮތުން ފުލުހުން މައުލޫމާތު ދީފައެއް ނުވެއެވެ. އުމުރުން ތިރީސް އަހަރުގެ މި މީހާގެ ބަންދާ މެދުގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުންވަނީ ފަނަރަ ދުވަހަށް ބަންދު ކުރުމަށް […]
އެމެރިކާގެ ބަނދަރުތަކުގައި ޗައިނާގެ ސާމާނު ބޭނުންކުރާތީ ކަންބޮޑުވެއްޖެ

އެމެރިކާގެ ބަނދަރުތަކުގައި ޗައިނާގެ ސާމާނުތައް ބޭނުންކޮށް އެއަށް ބަރޯސާވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބުނަން ފަށައިފިއެވެ. އެވާހަކަ ދައްކަންޖެހުނީ ޗައިނާއިން އުފައްދާފައިވާ ކްރޭންތަކެއް އެމެރިކާގެ ބަނދަރުތަކުގައި ބޭނުން ކުރާތީއެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މިއީ އެޤައުމަށް ސަލާމަތީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމުގެ އިންޒާރު ދީފަ އެވެ. ކޮންގްރެސްގެ ޔޫއެސް ހޯމްލޭންޑް ސެކިއުރިޓީ ކޮމިޓީ އާއި ސެލެކްޓް ކޮމިޓީ އޮން ދަ ޗައިނީސް […]
ވެނެޒުއެލާގެ ރައީސް އަވަހާރަކޮށްލުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްފި

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ އަވަހާރަކޮށްލުމަށް ސީއައިއޭ އިން ވާގި ލިބިގެން ކުރި މަސައްކަތް ނާކާމިޔާބުކޮށްފައިވާ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވެއްޖެ އެވެ. ޑިއޯސްޑާޑޯ ކަބެލޯ ވިދާޅުވީ މިކާ ގުޅިގެން އެމެރިކާގެ ސިފައިންގެ ބަޔަކާއި، އެގައުމުގެ އިތުރު ތިންމީހަކާއ، ސްޕެއިންގެ ދެ މީހަކާއި، ޗެކް ޖުމްހޫރިއްޔާގެ ތިން މީހަކު ބަންދުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބަންދުކުރި މީހުންގެ އަތުން ސިފައިން ގެންގުޅުމަށް ޚާއްޞަ އެތައް ސަތޭކަ ބަޑިއާއި ވަޒަން އަތުލައިގެންފައިވާ ކަމަށެވެ. ޖުލައި މަހު ބޭއްވި […]
