އިންޑިއާ އޮތީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ ތަޖުރިބާ ހިއްސާ ކުރާގޮތަށް

ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އަކީ ޤައުމީ ތަރައްގީއަށް ހުރަހެއް ނޫން ކަމަށާއި އެއީ ޤައުމެއްގެ އުމްރާނީ ވަސީލަތްތަކަށް އޮތް ފާލަމެއް ކަމުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވިދާޅުވެއްޖެއެވެ. ނިއުޔޯކުގައި ބޭއްވި އދ.ގެ ފިއުޗަރ ސަމިޓްގައި ވާހަކަ ދައްކަވަމުން މޮދީ ވިދާޅުވީ ރައްކާތެރިކަމާއި ޒިންމާދާރުކަމާއެކު ޓެކްނޮލޮޖީ ބޭނުން ކުރަންވާނެ ކަމަށެވެ. އެހެންކަމުން އިންޑިއާ އޮތީ ދުނިޔެއާއެކު އެޤައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ތަޖުރިބާ ޙިއްސާ ކުރަން ތައްޔާރަށް ކަމަށް ވިދާޅުވިއެވެ. އެމެރިކާގެ ރައީސާއި ޖަޕާން އަދި އޮސްޓްރޭލިއާގެ […]
މިމަހު ޖަލުގައި ދެމަރު: މިއީ އިހުމާލުވުން ކަމަށް އެމްޑީޕީން ބުނެފި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ފަސްދޮޅަސް ދެ އަހަރުގެ ދިވެހި ފިރިހެނަކު މާފުށީ ޖަލުގައި މިއަދު ދަންޖެހިގެން މަރުވުމުން އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެފިއެވެ. އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ މި ހިނގާ ސެޕްޓެމްބަރު މަހު ހިނގި މިފަދަ ދެވަނަ ހާދިސާ ކަމަށެވެ. ”މިކަން ހިނގައިފައި މިވަނީ، މި ސެޕްޓެންބަރު މަހުގެ ކުރީކޮޅު މާލޭގައި އަންހެނަކު ރަހީނުކުރި އާދަމް އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ހުއްޓައި އޭނާ އަމިއްލައަށް މަރުވުމަށް […]
ކުށްތައް އިތުރުވަނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން: ޔާމީން

ރާއްޖޭގައި ޓެކުމާއި ފޭރުމާއި ކުށްތައް އިތުރުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ އަމިއްލަ ޕާޓީ ޕީއެންއެފްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ރޭ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުގެ ސަބަބުން މަތިވަމުންދާ ކުލިތަކާއި އެހެނިހެން ބިލްތައް ދެއްކުމަށް ރައްޔިތުންނަށް ދަތިވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ތަކެތީގެ އަގު ދެގުނައަށް ބޮޑުވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ […]
ފާތިހު މަރާލި މައްސަލާގައި ފުލުސް އޮފިސަރުގެ ހެކިބަސްނަގައިފި

މާލޭގައި ހިންގި ގްރޫޕު މާރާމާރީއެއްގައި މަރާލައިފައިވާ މ. ސަރުމާގޭ ފާތިހު މުހައްމަދުގެ މަރާގުޅިގެން ފުލުހެއްގެ ހެކިބަސް ނަގައިފިއެވެ. އުމުރުން ސާދަ އަހަރުގެ ފާތިހުގެ މަރުގެ މައްސަލާގައި ހެކިބަސްދީފައިވަނީ ފުލުހުންގެ ހިދުމަތުގެ ލެބޯޓަރީގައި މަސައްކަތް ކުރަމުންދާ އޮފިސަރެކެވެ. ކުރިމިނަލް ކޯޓުގައި މިއަދުއޮތް މި މައްސަލައިގެ އަޑުއެހުމުގައި، އޮތީ ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓަކާ ގުޅިގެން ހެކިބަސް ނެގުމެވެ. ހެކިވެރިޔާ ބުނީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ، އިރުފާންއާ އެއްގޮތް ކަންތައްތަކެއް، ވީޑިއޯ ފުޓޭޖުން ފެންނަ […]
މާލޭ މަގުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްފަށައިފި

މާލޭސިޓީގެ މަގުތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށްޓަކައި ހާލާތު ދެނެގަތުމުގެ ސާވޭއެއް ފަށައިފިއެވެ. މަލޭ ސިޓީކައުންސިލުން ވިދާޅުވީ މިއީ ނަވާރަ ދާއިރާއަލަށް ބަހާލައިގެން ކުރިއަށް ގެންދާ ސާވޭއެއް ކަމަށެވެ. ސާވޭ ފަށައިފައިވަނީ ސެޕްޓެމްބަރ ބާވީސް ވަނަދުވަހުއެވެ. ސާވޭގެ މަސައްކަތްނިމޭއިރު މަގުތަކުގައިހުރި މައްސަލަތައް ޑިޖިޓަލްކޮށް ފެންނަން ހުންނާނޭ ކަމަށް ވެސް ސިޓީކައުން ސިލުން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ހަލާކުވެފައިވާ މަގުތަކާއި ހަލާކުވެފައިވާ ކާނުތަކާއި، ދުވާރާއި އިމާރާތް ކުރުމުގެ ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ތަންތަން ހިމެނޭނެއެވެ. މި މަސައްކަތުގައި މުވައްޒަފުންނާއެކު […]
މާފުށީ ޖަލުގައި ބަންދުކޮށްފައިހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، އެއީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ. މަރުވެފައިވަނީ ގ. އެއްތެޔޮމާގޭ އަބްދުލް ޣަނީ އިސްމާއީލް އެވެ. އުމުރުން ބާހައްޓި އަހަރުގެ ޣަނީ ބަންދުކޮށްފައިހުރީ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކުރުމުގެ މައްސަލައެއްގައެވެ. މިއަދު ހެނދުނު 6:52 ގައި އަބްދުލް ޣަނީ އިސްމާއީލް އޭނާ ބަންދުކޮށްފައިހުރި ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް 7:21 ގައި އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވާ ކަމަށް […]
ކުފުރުގެ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި

ފޭސްބުކުގައި ކޮށްފައިވާ ކުފުރުގެ ޕޯސްޓްތަކެއްގެ ތުހުމަތުގައި ޕާކިސްތާނުގެ ފިރިހެނެއްގެ މައްސަލަ ބަލަން ފަށައިފިއެވެ. އެގައުމުގެ ފުލުހުން ބަލަންފަށައިފައިވަނީ އުމުރުން 25 އަހަރުގެ ޒުވާނެއްގެ މައްސަލައެވެ. ޝައްކު ކުރެވޭ މީހާއަކީ މީގެ ކުރިން އިސްލާމްއާބާދުގެ ސެނެޓުގައި މަސައްކަތް ކުރި މީހެކެވެ. މިހާރު އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ޑޯން އިން ރިޕޯޓްކޮށްފައިވެ އެވެ. ގާނޫނުލްއުގޫބާތާއި އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުން ހުށަހެޅި އެފްއައިއާރުގައި ބުނެފައި ވަނީ ޝައްކު ކުރެވޭ މީހާ އަކީ ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާއަށް […]
އެމެރިކާގައި އުޅޭ އިންޑިއާ މީހުންނަކީ، ބްރޭންޑް އެމްބެސެޑަރުން: މޯދީ

އެމެރިކާގައި އުޅޭ އިންޑިއާ މީހުންނަކީ، އިންޑިއާގެ ބްރޭންޑް އެމްބެސެޑަރުން ކަމުގައި ނިއުޔޯކް ސަރަހައްދުގައި ދިރިއުޅޭ އިންޑިއާ މީހުންނާ ބައްދަލު ކުރައްވައި މޮދީ ވިދާޅުވެއެވެ. އަދި އިންޑިއާގެ ސަގާފީ އާދަކާދައާއި ބަސްތައްވެސް އިންޑިއާ މީހުން މެދުވެރިވެގެން ބައިނަލްއަޤްވާމީ ވެފައިވާ ކަމަށް މޮދީ ވިދާޅުވިއެވެ. އެގޮތުން އެއް ބަހަކަށް އޭނާ އިޝާރާތް ކުރެއްވީ ނަމަސްތޭއަށެވެ. އޭގެ އިތުރުން އިންޑިއާ މީހުން އިންޑިއާގެ ފަލްސަފާ ކަމަށްވާ ދުނިޔެއަކީ ބޮޑު އެއް ޢާއިލާއެއްކަމުގައި ދެކިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ސުލްހަވެރިކަމާއެކު ދިރިއުޅޭ ކަންވެސް […]
