ސަލާމަތީ މަޖިލީހަށް އިންޑިއާ ވެއްދުމަށް ދައްކާ ވާހަކަ ގިނަވެއްޖެ

އދ. ގެ ސަލާމަތީ މަޖިލީހުގައި އިންޑިއާއަށް ދާއިމީ ގޮނޑިއެއް ދިނުމަށް، ދުނިޔޭގެ ބޮޑެތި ބާރުތަކުން ގޮވާލުން މިއަހަރު އާންމު ވެއްޖެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ފްރާންސްގެ އެމަނުއެލް މެކްރޮން ވެސް ވަނީ އެބޭފުޅުންގެ ވާހަކަފުޅުތަކުގައި މި ފަދައިން ގޮވާލައްވާފައެވެ. އޭގެ ފަހުން ޔޫކޭގެ ބޮޑު ވަޒީރު ވެސް ވަނީ އެ މޭރުމުން އދގެ ޕޯޑިއަމްގައި ގޮވާލައްވާފައެވެ. އދގެ ސަލާމަތީ މަޖިލީހުގައި މިހާރު ހިމެނެނީ ދާއިމީ ފަސް މެންބަރުންނާއި ދާއިމީ ނޫން 10 ގައުމެކެވެ. ދާއިމީ […]

ޝިންޖިއާންއާބެހޭ ރިޕޯޓަށް ޗައިނާއިން ޢަމަލު ނުކުރާނެ

ޝިންޖިއާންގެ ސަރަހައްދުގައި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ޗައިނާއަށް ގޮވާލައި އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ އިދާރާއިން ފާސް ކުރި ރިޕޯޓް ތަންފީޒު ކުރުމަށް ޗައިނާއިން ދެކޮޅު ހަދައެވެ. ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން މި ރިޕޯޓް ފާސްކޮށްފައި ވަނީ ޖުލައި މަހުއެވެ. ޝިންޖިއާނަކީ ޗައިނާގައި މުސްލިމުންގެ ޒާތީ މިނިވަން ސަރަހައްދެވެ. ބައިނަލްއަޤްވާމީ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޝިންޖިއާންގައި ޗައިނާއިން ދަނީ އިސްލާޙިއްޔާތަކެއް ހިންގަމުންނެވެ. އެތަންތާނގައި މީހުންގެ ސިކުނޑި ދޮވެލުމަށް މަސައްކަތް ކުރާ ކަމަށާއި […]

އައްބާސްގެ ރާގު ބަދަލުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަދައްކަނީ/ފޮޓޯ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސަކީ ރައްޔިތުންގެ މަޖިލީހުގައި ސަން ސިޔާމުގެ އެމްޑީއޭ ތަމްސީލު ކުރަމުން އަންނަ މެންބަރެކެވެ. އޭނާއަކީ އެމްޑީއޭގެ އެއް ނާއިބު ރައީސް ވެސް މެއެވެ. އައްބާސް އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތާއީދުކޮށް، މަޖިލީހުގައި އަޑުގަދަކޮށް ބަހުސް ކުރަމުންނެވެ. މަޖިލިސް ޖަލްސާގައި އިދިކޮޅު އެމްޑީޕީ މެންބަރުން މުއިއްޒުގެ ސަރުކާރަށް ފާޑުކިޔާ ކޮންމެ ފަހަރަކު ކުރީގެ ސަރުކާރޭ ވިދާޅުވެ އެންމެ އަވަހަށް އެމްޑީޕީއަށް ރައްދުދެއްވަނީ އައްބާހެވެ. އަދި މީގެކުރިން […]

ޕެސިފިކް ނާމާންވާއިރު އެންމެ އަވަހަށް އަސަރު ކުރާނީ އޮސްޓްރޭލިއާއަށް

ދެކުނު ޗައިނާ ކަނޑުގައި ނޫނީ ޕެސިފިކް ސަރަހައްދުގައި ހިނގާ ހަމަނުޖެހުމަކުން އެންމެ ފުރަތަމައަށް އަސަރު ކުރާނެ ޤައުމަކީ އޮސްޓްރޭލިއާކަމަށް މުޙައްލިލުން ބުނެއެވެ. އޮސްޓްރޭލިއާއަށް މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ މުޅި ސަޕްލައި ޗެއިންއަށް ބުރޫއަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އޮސްޓްރޭލިއާއަށް އޮތް ހައްލަކީ 90 ދުވަހުގެ ތެޔޮ ކަމަށް ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ހަނގުރާމައިގެ ޙާލަތެއްގައި އޮސްޓްރޭލިއާއަށް އަސަރު ކުރާނީ މައިގަނޑު ތިން ދާއިރާއަކުން ކަމަށް ބެލެވެއެވެ. އެއީ، ތެލާއި ބޭހުގެ ދާއިރާއާއި ސްމާޓް […]

އީރާނާއި ޙިޒުބުﷲ ޖައްސަން މަސައްކަތް ކުރަނީ

އީރާނާއި ޙިޒުބުﷲ ޖައްސަން ހުޅަނގުގެ މީޑިއާއިން މަސައްކަތް ފަށައިފިއެވެ. ފްރާންސްގެ ލޫ ޕެރީޒިއާން ނޫހުން ބުނެފައި ވަނީ، ޙިޒުބުﷲގެ ލީޑަރު ހަސަން ނަޞްރަﷲގެ ޙަރަކާތްތަކުގެ މަޢުލޫމާތު ދެމުން ދިޔައީ އިޒްރޭލަށް ޖާސޫސް ކޮށްދިން އީރާނު އިސް މީހެއް ކަމަށެވެ. އެމީހާ ހުކުރު ދުވަހު ބެއިރޫތަށް ދިޔައީ ޖަނާޒާއެއްގައި ބައިވެރިވާން ކަމަށާއި އެމީހާ ނަޞްރަﷲއާއެކު އެއް އުޅަނދެއްގައި ދަތުރުވެސް ކުރި ކަމަށެވެ. ލޫ ޕެރީޒިއާން އިން ބުނެފައި ވަނީ ނަޞްރަﷲއާއި އެހެން ލީޑަރުން 30 މީޓަރު އަޑީގެ ބިންގަރާހުގައި […]