ޙިޒުބުﷲގެ ލީޑަރުގެ މަގްބޫލުކަން ވަނީ އިތުރުވެފައި: ނިއުޔޯކް ޓައިމްސް
މެދު އިރުމަތީގެ ޤައުމުތަކުގައި އާންމުންގެ މެދުގައި ޙިޒުބުﷲގެ ލީޑަރު ޙުއްޖަތުލް އިސްލާމް ޙަސަން ނަޞްރަﷲ ގެ މަޤްބޫލުކަން އިތުރު ވެފައިވާ ކަމަށް ނިއުޔޯކްޓައިމްސްއިން ބުނެއެވެ. އެނޫހުން ބުނެފައި ވަނީ އޭނާ ޝަހީދު ވުމަށްފަހު ސުންނީ މުސްލިމުންނާއި ޝީޢީންގެ މެދުގައި އޭނާގެ މަޤްބޫލުކަން އިތުރު ވެފައިވާ ކަމަށެވެ. ފިލްޓާ ލެބްސް ކިޔާ ޖަމާޢަތަކުން މިސްމީޑިއާ ގެ ޕޯސްޓްތައް ތަޙުލީލުކޮށް ނިއުޔޯކް ޓައިމްސްއަށް ހަދައި ދިން ރިޕޯޓްގައި ބުނެފައި ވަނީ މީހުން ޙަސަން ނަޞްރަﷲއާ ގަޔާވާ ކަމަށެވެ. އަދި ފަލަސްޠީނުގެ […]
ޕާކިސްތާނުން ބައެއް މުއައްސަސާތައް ވިއްކާލަނީ
ޕާކިސްތާނަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުގެ މައްސަލާގައި ހުށަހަޅާފައިވާ އިސްލާޙީ ފިޔަވަޅުތަކުގައި މުއައްސަސާތަކަށް ބަދަލު ގެންނަން ނިންމައިފިއެވެ. އިސްލާމްއާބާދުން ހުށަހަޅާފައި ވަނީ ބައެއް މުއައްސަސާތައް އުވާލުމަށް ނޫނީ ބައެއް މުއައްސަސާތައް އަނެއް މުއައްސަސާތަކާ އެއްކޮށް ލުމަށެވެ. އާރީ ނިއުސްއިން ބުނެފައިވާ ގޮތުގައި ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވަނީ އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ޕްރައިވެޓައިޒޭޝަން މިނިސްޓްރީއަށް އިރުޝާދު ދެއްވާފައެވެ. އޭގެ އިތުރުން ޕާކިސްތާން ސްޓޯން ކޮމްޕެނީއާއި ޕާކިސްތާން އޮޓޮމޮބައިލް ކޯޕަރޭޝަންއާއި ޕާކިސްތާން އިންސްޓިއުޓް އޮފް މެނޭޖުމަންޓު އަމިއްލަ ފަރާތްތަކަށް […]
ޖޯޑަންގެ އަބްދުﷲ ދެކެ ރައްޔިތުން ނުރުހުން ފާޅުކޮށްފި
ޖޯޑަން ހުރަސްކޮށް އިޒްރޭލަށް ދިޔަ މިސައިލްތަކުން ބައެއް ޖޯޑަންއިން ވައްޓާލުމުން ރައްޔިތުން ވަނީ އަބްދުﷲގެ ރަސްކަމާ ދެކޮޅަށް ނުރުހުން ފާޅުކޮށްފައެވެ. އާންމުން ބުނެފައި ވަނީ އެމީހުންނާ ގުޅުމެއް ނެތް ހަނގުރާމައެއްގައި އެމީހުންގެ ޤައުމުން ދިފާއީ ވަސީލަތައް ފަނާކޮށްގެން އިޒްރޭލަށް ވާގިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޖޯޑަން ވައްޓާލި ބައެއް މިސައިލްތައް ފުނޑުފުނޑުވެގެން ވެއްޓިފައި ވަނީ ޖޯޑަންގެ އަވަށްތަކުގެ ގެތަކަށެވެ. މީޑިއާއިން ވަނީ މިސައިލްގެ ބައިތަކުން ޖެހި ބައެއް މީހުން މަރުވިކަމަށްވެސް ރިޕޯޓްކޮށްފައެވެ. އާންމުން ބުނެފައި ވަނީ […]
ދެކުނު އެފްރިކާއަށް ގަނޑުފެން ފައިބައިފި
މި ހަފްތާގައި ދެކުނު އެފްރިކާއަށް އާދަޔާ ޚިލާފަށް ގަނޑުފެން ފައިބައިފިއެވެ. ފިނި ބޮޑުވުމުގެ ސަބަބުން މީހުން ވަނީ ގޭގައި ބަންދުވެގެން ތިބެފައެވެ. ހައިވޭތަކާއި މަގުތައް ބަންދުވުމުގެ ސަބަބުން މީހުންގެ ދިރިއުޅުން ހުއްޓުމަކަށް އައިކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. ސައުތު އެފްރިކާއަށް ސްނޯ ފޭބުމަކީ އާންމު ކަމެއް ނޫނެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާއެކު އެކަމާ ކުރިމަތިލާން ޖެހިފައި ވެއެވެ.މީސްމީޑިއާގައި އާންމުން ވަނީ ސިންގާ ސަފާރީންވެސް ފޮޓޯތަކެއް ޙިއްސާކޮށްފައެވެ. އެ ފޮޓޯތަކުގައި ސިންގާތައްވެސް ގަނޑުފެނުގައި އުޅޭ މަންޒަރު ފެނެއެވެ.
އިޒްރޭލު ސިފައިންގެ ވިހި މީހުން ނައްތާލައިފި
ޒަޔަނިސްޓުން ދެކުނު ލުބުނާނަށް ދެމުންދާ ހަމަލާގައި ޙިޒުބުﷲއިން ވަނީ ޒަޔަނިސްޓު ސިފައިންގެ 20 މީހުން ނައްތާލައިފައެވެ. ނަމަވެސް އިޒްރޭލު ސިފައިން ބުނެފައި ވަނީ މަރުވެފައި ވަނީ ސިފައިންގެ 8 އޮފިސަރުން ކަމަށެވެ. ދެކުނު ލުބުނާނަށް އިޒްރޭލުން ދިން ހަމަލާގައި 55 މީހުން މަރުވެ 158 މީހަކު ޒަޚަމްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އީރާނުން އަޑަށް ވުރެން ބާރަށް ދަތުރުކުރާ އަލްފައްތާޙު މިސައިލް ބޭނުންކޮށްގެން ޒަޔަނިސްޓުންނަށް ހަމަލަ ދިން ފަހުން އިޒްރޭލުން ބުނެފައި ވަނީ ބަދަލު ހިފާނެ […]
ގޯވިންދާ އަމިއްލަ ފަޔަށް ބަޑި ޖެހީ ކިއްވެ؟
ގޯވިންދާ މިވަނީ އަމިއްލަ ފިސްތޯލައިން އަމިއްލަ ފަޔަށް ބަޑި ޖަހާފައެވެ. މިހާދިސާއަށްފަހު އޭނާ ވަނީ މުމްބާއިގެ ކްރިޓީ ކެއަރ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. ގޯވިންދާގެ ދަރިފުޅު ޓީނާ އަހޫޖާ މީޑިއާއަށް މައުލޫމާތު ދިން ގޮތުން އޭނާގެ ބައްޕަގެ ހާލު ރަނގަޅެވެ. އައިސީޔޫގައި ބޭއްވުމަށްފަހު އޭނާ މިހާރު ވަނީ ކޮޓަރިއަކަށް ބަދަލުކޮށްފައި ކަމަށް އަހޫޖާ ބުންޏެވެ. ގޯވިންދާ އަމިއްލަ ފަޔަށް ބަޑިޖަހާފައި ވަނީ އޮޅުމަކުން ކަމަށް ފުލުހުން ބުނެއެވެ. އޭނާ ވަނީ ފަތިހު 4.30 ހާއިރު އޭނާ ގެންގުޅޭ […]
އިންވެސްޓިގޭޝަން ސްޕެޝަލިސްޓަކަށް މީހަކު އައްޔަން ނުކުރަން އަމުރުކޮށްފި
މިވަގުތު ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެފްއެސްއެމް) ގެ އިންވެސްޓިގޭޝަން ސްޕެޝަލިސްޓްގެ ގާމަށް މީހަކު އައްޔަން ނުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ. އެ ޓްރައިބިއުނަލުން މިގޮތަށް އަމުރުކުރީ އެ ޓްރައި ބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އެއީ މީގެކުރިން އެ މަގާމުގައި ހުރި، ގދ. ފިޔޯރީ ކެކުރި އާޒިމް ހަބީބު މިދިޔަ އޯގަސްޓްމަހުގެ 23 ގައި ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކޮށްފައިވާކަމަށްބުނެ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ގައި ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. […]
އައުސަހަރާ މިސްކިތް ނިމިއްޖެ، ދެންއޮތީ ހުޅުވުން
މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތްކޮށް މިހާރުވަނީ ނިމިފައި ކަމަށް މާލޭސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ. ކައުންސިލުން ވިދާޅުވީ ސަހަރާއާއި މިސްކިތް ހުޅުވުމަށް މިހާރު ނިންމާފައިވަނީ އޮކްޓޯބަރު ހަތަރެއްވާ ހުކުރުދުވަހު ކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ސަތޭކަފަސްދޮޅަސް ފަސްވަނަ އާންމު ޖަލްސާއިންނެވެ. އައުސަހަރާ މިސްކިތް މަރާމާތް ކުރުމަށް ބަންދުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގައެވެ. ނަމަވެސް ވަރަށް ގިނަ ސަބަބުތަކާއި މައްސަލަތައް ކުރިމަތި ވުމުގެ ސަބަބުން، މި މަސައްކަތް ދާންވީ ހަލުވި މިނުގައި […]
ބޭރު ފައިސާއާބެހޭ ގަވާއިދަށް ގެނައި ބަދަލުން އިގްތިސާދަށް ގެއްލުންވާނެ: ޝާހިދު
ބޭރުފައިސާއާ ބެހޭ ގަވާއިދާއި މަނީޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ސިނާއަތަށް އަސަރުކޮށް މުޅި އިގްތިސާދަށް ގެއްލުންވާނޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިރު ވިދާޅުވެއްޖެއެވެ. މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތައް ބޮޑުކޮށް، ބޭރު ފައިސާ މާރުކުރާ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ނުކުރެވޭ ގޮތަށް ސަރުކާރުން އިއްޔެ ވަނީ އެގަވާއިދު އިސްލާހުކޮށްފައެވެ. އެކަމާ ގުޅިގެން ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، […]
ވައްކަން ކުރި މީހަކަށް އަލުން އަދަބު ކަނޑައަޅުމަށް ހައިކޯޓުން އަންގައިފި
މި މައްސަލައަކީ ސ. ހިތަދޫ އުތުރުގެ އަމްޔޫން އިބްރާހީމް ދަންވަރު ވަގުތުގައި ސ. ހިތަދޫ / ޗަމްޕާޕޫލްމާގެ ގޭގެ އިންފާރުމަތިން އަރައިގެން އެގޭގެ ވެރިފަރާތުގެ ހުއްދަނެތި އެގެއަށް ވަދެ ސެމްސަންގް ގެލެކްސީ ނޯޓު މޯބައިލް ފޯނަކާއި ވޮލެޓަކާއި ޕާސްއެއްގައި ފައިސާތަކެއް ވަގަށް ނެގި މައްސަލއަކާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ކުރި، ހުއްދަ ނޫން ތަނަކަށް ވަނުމާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާއެކެވެ. މި މައްސަލައިގައި އޭނާގެ އިއުތިރާފުން މައްސަލަ ޝަރިއަތަށް ސާބިތުވާތީ ހުއްދަނެތް ތަނެއްކަން އެނގިހުރެ […]