ދެކުނު އެފްރިކާއަށް ގަނޑުފެން ފައިބައިފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 2, 2024

މި ހަފްތާގައި ދެކުނު އެފްރިކާއަށް އާދަޔާ ޚިލާފަށް ގަނޑުފެން ފައިބައިފިއެވެ.

ފިނި ބޮޑުވުމުގެ ސަބަބުން މީހުން ވަނީ ގޭގައި ބަންދުވެގެން ތިބެފައެވެ. ހައިވޭތަކާއި މަގުތައް ބަންދުވުމުގެ ސަބަބުން މީހުންގެ ދިރިއުޅުން ހުއްޓުމަކަށް އައިކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ސައުތު އެފްރިކާއަށް ސްނޯ ފޭބުމަކީ އާންމު ކަމެއް ނޫނެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާއެކު އެކަމާ ކުރިމަތިލާން ޖެހިފައި ވެއެވެ.މީސްމީޑިއާގައި އާންމުން ވަނީ ސިންގާ ސަފާރީންވެސް ފޮޓޯތަކެއް ޙިއްސާކޮށްފައެވެ. އެ ފޮޓޯތަކުގައި ސިންގާތައްވެސް ގަނޑުފެނުގައި އުޅޭ މަންޒަރު ފެނެއެވެ.

މި ލިޔުމާ ގުޅޭ