އެސްއޯއީ ތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރަން ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އަންގައިފިއެވެ. އެމިނިސްޓްރީން ޕީސީބީއަށް މިކަން އެންގީ އެތަނުގެ ރައީސަށް ފޮނުވި ސިޓީއަކުންނެވެ.
މީގެ ކުރީން ޕީސީބީން ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ އިރުޝާދު އެސްއޯއީތަކަށް ފޮނުވި ސާކިއުލަރއެއް މެދުވެރިކޮށް ދީފައެވެ. ޕީސީބީން ބުނެފައިވަނީ ރަސްމީ ގަޑިތަކުގައި މަސައްކަތްތައް ނިންމުމާއި، އިތުރު މުވައްޒަފުންތައް ނުނެގުމާއި. މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، އިތުރުގަޑީގެ އެލަވަންސް ކޮންޓްރޯލް ކުރުމާއި ކޮންމެހެން ބާއްވަންޖެހޭ ހަރަކާތެއް ނޫނީ ނުބޭއްވުމަށެވެ.
ސަރުކާރުން މިފިޔަވަޅުތައް އަޅުއްވަން ފެށްޓެވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ.






