މީރާއަށް އެއްބިލިއަން ރުފިޔާ

ނިމިގެންދިޔަ އޮކްޓޫބަރުމަހު މީރާއަށް 1.73 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %14.2 ދަށް އަދަދެއް ކަމަށް މީރާއިން ވިދާޅުވިއެވެ. މިއީ އޮކްޓޫބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %30.5 ގިނަ އަދަދެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީރާއިން މައުލޫމާތު ދެއްވި ގޮތުގައި، އޮކްޓޫބަރު 2023 ގައި ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު އޮކްޓޫބަރު 2024 ގައި ބަލައިގަތް އާމްދަނީ މަދުވުމުގެ މައިގަނޑު ސަބަބަކީ، ސެޕްޓެންބަރު 2023 ގެ […]
ގައުމީ މަޖިލިސް ނުބޭއްވިޔަސް ދެން ޕާޓީ އުވައެއްނުލެވޭނެ

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތަށް ޕާޓީގެ ގައުމީ މަޖިލިސް ނުބޭއްވިޔަސް ޕާޓީ އުވާ ނުލެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހު ކޮށްފިއެވެ. ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރި ފަރާތްތަކަމަށްވާ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީ އުވާލަންވާނެ، ކަމަށްބުނާ ހަތަރު ހާލަތެއް، ގާނޫނުގެ 30 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރެއިން އެއް ހާލަތަކީ 30 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަމްބަރުގައި ބުނާ ހާލަތެވެ. އެއީ ކޮންމެ ފަސް […]
މެންބަރަކު ގާނޫނާ ހިލާފުވެއްޖެނަމަ ޕާޓީ ޖޫރިމަނާ ކުރެވޭގޮތަށް ފާސްކޮށްފި

ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ، އެ މީހަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރީ މުޅި ކޮމިޓީންނެވެ. އެ ކޮމިޓީން އެ ބިލު ދިރާސާ ކުރުމަށްފަހު ވަނީ އިތުރު އިސްލާހުތަކެއް ގެންނަން ނިންމައިފައެވެ. އެ […]
މީޑިއާ ބިލަކީ ވެރިންގެ ފަސާދައިގެ އަމަލުތައް ފަރުދާކުރަން: ޝާހިދު

ދަލާއި ލޭ އޮހޮރުވައިގެން ހޯދި ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮބަހައްޓައި ތަޅު އެޅުވޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް މީޑިއާ ކޮމިޝަނެއް އުފައްދަން މަޖިލީހަށް ހުށަހެޅި ބިލާގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ. ޝާހިދު ވިދާޅުވީ، އެފަދަ ބިލެއް ހުށަހެޅީ، ވެރީންގެ ނާޤާބިލުކަމާއި ފަސާދައިގެ ޢަމަލުތައް ފަރުދާކުރަން […]
ރައީސްގެ ހަތަރު މެމްބަރުން ހިމަނައިިގެން މީޑިއާ ކޮމިޝަން އުފައްދަނީ

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުން ހިމެނޭހެން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމަށް ބިލްގައި ހިމަނައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވާފައިވާއިރު، މި ބިލު މަޖިލީހަށް ހުށަހަޅުއްވާނީ، އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ. މި ބިލްގެ މަގުސަދުގެ ގޮތުގައި ހިމަނާފައިވަނީ، ރައްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުގައި ތަރައްގީކޮށް، ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް، ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑީޔާތަކާއި މީޑިޔާތަކުގައި މަސައްކަތްކުރާ […]
ބަޖެޓު ބަހުސަށް މިރޭ އެގާރައަށް އިތުރުކޮށްފި

އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ވާހަކަދައްކަވަން ބޭނުންވެވަޑައިގަންނަވާ މެންބަރުންނަށް ފުރުސަތު ދެއްވުމަށްޓަކައި މިރޭ 11:00 އާ ހަމައަށް ޖަލްސާ ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ. ބަޖެޓް ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށާފައި ވަނީ އިއްޔެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަޖެޓް ބަހުސްގައި ހަ މެންބަރަކު ވާހަކަ ދެއްކެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ، މިރޭ […]
