ކަރާޗީގައި ކުށްކުރުން އިތުރު ވަނީ

ކަރާޗީގައި ހިނގި އަނެއްކާވެސް ހިތާމަވެރި ފޭރުމެއްގައި ފެކްޓްރީއެއްގައި މަސައްކަތް ކުރާ ތިން ކުދިންގެ ބައްޕައެއްގެ ފުރާނަ ގެއްލިއްޖެއެވެ. އެ ސިޓީގައި ހިނގާ މިފަދަ ހާދިސާތަކުން މި އަހަރު މަރުވި މީހުންގެ އަދަދު ވަނީ 100 އަށް އަރާފައެވެ. އޭގެ ދުވަސްތަކެއް ކުރިން ސިންދު ހައިކޯޓުން ވަނީ ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރުމުގެ މައްސަލަ ހައްލުކޮށް ސިޔާސީ ނުފޫޒުން މިނިވަން ކުރުމަށް ޕްރޮވިންސް ޕޮލިސް ޗީފަށް އަމުރުކޮށްފަ އެވެ. ކޯޓުން ފާހަގަކުރި ގޮތުގައި ފުލުހުން އެކަށީގެންވާ ވަރަށް ގާނޫނާއި […]
ދެކުނު އެމެރިކާގެ ގައުމުތަކާ ގުޅުން ބަދަހި ކުރަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގަޔާނާއަށް ކުރައްވާ ދަތުރުފުޅަކީ އިންޑިއާއާއި ގަޔާނާގެ ގުޅުމުގައި މުހިންމު ދައުރެއް އަދާކުރާ ދަތުރެކެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރަކު ދެކުނު އެމެރިކާއާއި ކެރިބިއަން ސަރަހައްދުތަކާ ގުޅުން ބަދަހިކުރުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ކެރިބިއަން ކޮމިއުނިޓީ (ކެރިކޮމް) ގެ މުހިއްމު މެމްބަރެއްގެ ގޮތުގައި ގަޔާނާ އަކީ ސްޓްރެޓެޖިކް މުހިންމުކަމެއް ލިބިފައިވާ ގައުމެކެވެ. މޯދީގެ މި ދަތުރުފުޅުގެ މަގުސަދަކީ ހަކަތައާއި ވިޔަފާރިއާއި ސަގާފީ ޑިޕްލޮމެސީއާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އިތުރުން ކެރިކޮމްގެ ތެރޭގައި […]
ބޭރުގެ އިންވެސްޓްމެންޓަށް ގޮންޖެހުންތަކެއް

ބޭރުގެ އިންވެސްޓްމަންޓަކީ ޕާކިސްތާނުގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް މުހިންމު ވަސީލަތެއް ކަމުގައިވި ނަމަވެސް ބޭރުގެ އިންވެސްޓްމެންޓް ލިބުމަށް އަދިވެސް އެގައުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ އެވެ. ޕާކިސްތާނުގެ ފޮރިން އިންވެސްޓްމަންޓް ވަނީ 60 ޕަސެންޓަށް ދަށްވެފައެވެ. 2024-25 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭރުގެ އިންވެސްޓްމެންޓް 1.308 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ޗައިނާ، ސައުދީ އަރަބިއްޔާ، އަދި ޔޫއޭއީގެ އިންވެސްޓްމަންޓްތައް ވަނީ މަދުވެފައެވެ. ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ބޭރުގެ އިންވެސްޓްމަންޓްތައް ނިސްބަތުން އެއްވަރަކަށް ދަށްވެ، 2021 […]
ޒިޔާ މަޖިލީހުން ވަކިކުރި މައްސަލައިގެ ކޮމިޓީ ބައްދަލުވުން ސިއްރު

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން ޒިޔާއު، އެ މަގާމުން ވަކިކުރި މައްސަލަ ބެލުމަށްޓަކައި ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފިއެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ އާއްމު ކޮމިޓީއަށެވެ. އެ މައްސަލަ ބެލުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. ތާއީދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފެވެ. އެއަށްފަހު ކޮމިޓީ ސިއްރު ކުރަން […]
ޑަބްލިއުސީއޭގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މެލޭޝިއާގެ ލީޑިން އެއާ ކާގޯ ޗާޓަރުގެ ހިދުމަތް ފޯރުކޮށްދޭ ވޯލްޑް ކާގޯ އެއާލައިންސް (ޑަބްލިއުސީއޭ) ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ. ގިނަ އަދަދެއްގެ ކާގޯއާއެކު ފުރަތަމަ ފުލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު 14:15 ގައެވެ. ރާއްޖެއިން ފުރާފައިވަނީ 15:45 ގައެވެ. މި ބޯޓު ރާއްޖެ މިއައީ މެލޭޝިއާއިންނެވެ. މިއެއާލައިން މެދުވެރިކޮށް މެލޭޝިއާގެ އިތުރުން ބަނގްލަދޭޝް، ތައިލެންޑް، ސިންގަޕޫރުން ހެޔޮ އަގުގައި ރާއްޖެއަށް މުދާ ގެނެވޭނެއެވެ. މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އޮންނާނީ ކޮންމެ ހަފްތާއަކު […]
ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލުގެ މައްސަލަ ހައިކޯޓަށް

އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލުގެ މާއްދާތަކެއް ބަދަލު ކުރަން ހައިކޯޓަށް ހުށަހަޅައިފިއެވެ. ހައި ކޯޓުން ބުނީ އެއީ އަމިއްލަ ފަތާރަކުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. މި ބިލަކީ 2024 އެޕްރީލް މަހުގެ އެއްވަަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ […]
މެންބަރުންގެ ކެއުމާ ބެހޭގޮތުން، ބޭއްވި ކޮމިޓީ ސިއްރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގެ އިތުރުން ހަފްލާތަކަށް ގެންނަ ސަޔާއި ކެއުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ. މި ބައްދަލުވުމުގައި މެންބަރުންގެ ކެއުމާއި ސައި ބަހައްޓަންޖެހޭނީ މަޖިލިސް މުވައްޒިފުންނާ ތަފާތު ކޮށްތޯ، ސުވާލު ކުރެއްވުމަށްފަހު، ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. ތާއީދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފެވެ. އެއަށްފަހު ކޮމިޓީ ސިއްރު ކުރަން ފާސްކުރިއެވެ. […]
ސަމާލުވޭ! ކުރިއަށްއޮތީވެސް ވިއްސާރަ ތިންދުވަސް

ކުރިއަށް އޮތް ތިންދުވަހު ވެސް ރާއްޖެއަށް ވިއްސާރަކޮށް ބޯކޮށްވާރޭވެހި ގުގުރާނޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މި ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭދުވަސްވަރާ ދިމާކޮށް މިސަރަހައްދުގައި އުފެދިފައިވާ ލޯލެވެލް ސާކިޔުލޭޝަނަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ. މި ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހިފައިވެއެވެ. އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވަނީ ސ. ހިތަދުއަށެވެ. އެރަށަށް 110 މިލިމީޓަރުގެވާރޭ ވެހިފައިވާ ކަމަށް […]
ފުލެޓްތައް ނިންމަން އިތުރު ތިރީސް މިލިޔަން ޑޮލަރު ބޭނުންވޭ: ނާޒިމް

”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯރޭޕަރޭޝަނުން ހުޅުމާލެ ދެވަނަ ފޭސްގައި އިމާރާތް ކުރަމުންދާ ފްލެޓްތައް ނިންމުމަށް އިތުރު 30 މިލިޔަން ޑޮލަރު ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން ގެންދާ ފްލެޓްތައް ނިންމޭނީ އިތުރު 30 މިލިޔަން ޑޮލަރު ލިބިގެން ކަމަށެވެ. ނާޒިމް ވިދާޅުވީ، […]
