ތައިލެންޑާއި ދުބާއީން އާސަންދަ ލިބޭނެ ދުވަސް އިއުލާން ކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑއިގެންފައިވާވައުދު ފުޅާ އެއްގޮތަށް، ތައިލެންޑާއި، ދުބާއިން އާސަންދައިން ބޭސްފަރުވާ ކުރެވޭނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ބެހޭގޮތުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އިސްބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި، ރައީސް މުއިއްޒުގެ ވައުދުފުޅާ އެގޮތަށް ދުބާއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ދުވަހަކާ […]

ބެޖެޓުން ޚަރަދުކުރަން އޮތް ގޮތް ސާފުނުކޮށް ވޯޓުދީގެން ނުވާނެ

އެމްޓީއޭގެ ޗެއާޕާސަން ސައުދުﷲ އަހުމަދު

ރައްޔިތުންގެ މަންދޫބުންގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބި އެންމެހާ މެންބަރުން ބަޖެޓު ފާސް ކުރަން ވޯޓު ދިނުމުގެ ކުރިން ބަޖެޓު ޚަރަދުކުރަން ހަމަޖެހިފައި އޮތް ގޮތެއް ސާފުކުރަންޖެހޭ ކަމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަންގެ ޗެއާމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ. މިއަދު ބަޖެޓު ބަހުސް ނިންމައި މާދަމާ ބަޖެޓު ފާސްކުރަން ވޯޓަށް އަހަންވަނީ ތައްޔާރުވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެން ކަމުން މިގައުމުގެ ޓެކްސް ފައިސާ ހިތުހުރިގޮތަކަށް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ބަޖެޓުން ޚަރަދުކުރަން ހަމަޖެހިފައިވާ ގޮތް […]

ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓަށް

ހަލީމަތު ލަމްހާ/ފޮޓޯ ސަން

އައިޖީއެމްއެޗްގައި  މަސައްކަތް ކުރަމުންދިޔަ ނަރުހެއް ކަމަށްވާ ފިލިޕިންސްގެ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ ލިބިފައިވާ ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ. ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ބުނީ ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން، ހައިކޯޓުން އެ މައްސަލަ މިހާރު ވަނީ ބަލައިގެންފައެވެ. ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ލަމްހާ ދޫކޮށްލީ ތިން މަސް ދުވަހުގެ މުއްދަތަށް ގޭ ބަންދަށެވެ. އޭނާ […]

މީޑީއާ ބިލް އަނބުރާ ގެންދަން ނިންމައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، ރައީސުލްޖުމްހޫރިއްޔާއަށް ބާރު ލިބޭގޮތަށް ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން“ ގެ ނަމުގައި ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އަނބުރާ ގެންދަން ނިންމައިފިއެވެ. އެ ބިލް މަޖިލީހަށް ހުށަހެޅުއްވި އަމިއްލަ މެންބަރު ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބަދުލް ހައްނާން އަބޫބަކުރު ވިދާޅުވީ އެ ބިލް އަނބުރާ ގެންދަން ނިންމަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިލާ ބެހޭގޮތުން […]