ބެލެސްޓިކް މިސައިލް ހަމަލާ ޕުޓިން ކަށަވަރު ކޮށްދެއްވައިފި

ނިއުކްލިއާ އުފުލުގެ ގާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ޔޫކްރޭނަށް ހަމަލާއެއް ދިންކަން ޕޫޓިން ކަށަވަރުކޮށްދެއްވައިފިއެވެ. ކްރެމްލިންގެ ތަރުޖުމާން ޕެސްކޯވް ވިދާޅުވަނީ މި ހަމަލަ ދިނުމުގެ ކުރިން ރަޝިޔާއިން އެމެރިކާއަށްވެސް އަދި އެހެން އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށެވެ. ރަޝިޔާއިން ބެލެސޓިކް މިސައިލުން ހަމަލަ ދިނީ ޔުކްރެއިންގެ ޑްނެޕްރޮޕެޓްރޯވްސްކް ގެ ހަތިޔާރު ފެކްޓްރީއަކަށެވެ. ރަޝިޔާގެ ލީޑަރު ވިދާޅުވީ މިއީ ޓެސްޓް ލޯންޗެއް ކަމަށެވެ. އަދި މި ޓެސްޓް ލޯންޗަކީ ރަޝިޔާއަށް އަމާޒުކޮށްގެން އެމެރިކާއާއި އިނގިރޭސިވިލާތުގެ ދުރުރާސްތާ […]

މަޝްވަރާކުރާކަށް ފުރުސަތެއް ނުލިބުނު: ނާޒިލް

ެމްޑީޕީގެ ޕީޖީލީޑަރު އިބްރާހީމް ނާޒިލް/ފޮޓޯ އެމްޑީޕީ

ގާނޫނު އަސާސީއަށް އިއްޔެ ގެނެވުނު އިސްލާހުތަކާ ގުޅިގެން މަޝްވަރާކުރަން ބޭނުންވި ކަމަށާއި އެހެންނަމަވެސް ކޮމިޓީމަރުހަލާގައިވެސް އެފުރުސަތު ނުލިބުނު ކަމަށް އެމްޑީޕީގެ ޕީޖީލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ. މި އިސްލާހު ގެނައުމަށް އެކިދާއިރާތަކުން ބަދަލު ގެންނަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބިމާއި ރާއްޖޭގައި ބޭރުގެ ސިފައިން ބޭތިއްބުން ފަދަ ބޮޑެތި ކަންކަން ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެބަދަލު ގެނެސްފައިވަނީ އެކަށީގެންވާ މަޝްވަރާތަކެއް ނުކުރެވި އަވަސް އަވަހަށް ކަންކަން ނިންމާލާ އުސޫލުން ކަމަށް […]

ރާއްޖޭގެ ޑިމޮކްރަސީގެ އިރުއޮސިއްޖެ: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު/ފޮޓޯ އެމްޑީޕީ

ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރުން ގާނޫނުއަސާސީއަށް އިއްޔެ ގެނައި ބަދަލުގެ ސަބަބުން ”ރާއްޖޭގެ ޑިމޮކްރަސީގެ އިރު އިއްޔެ އޮއްސިއްޖެ“ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އެމްޑީޕީން މިއަދު ބޭއްވި ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އިއްޔެ އޮއްސުނުއިރާއެކު ރާއްގެ ޑިމޮކްރަސީގެ އިރުވެސް އޮއްސުނީ ކަމަށެވެ. އޭނާ ވިދާޅޫވީ ރައްޔިތުންނާ މަޝްވަރާ ނުކޮށް ގާނޫނުއަސާސީއަށް ބަދަލުގެނައުންފަދަ ބޮޑުކަމެއް ކޮށްގެންނުވާނޭ ކަމަށެވެ. ގާނޫނުއަސާސީގެ މުޅި މަފްހޫމަކީ ރައްޔިތުންނާ މަޝްވަރާ ކޮށްގެން ނިންމުން ކަމަށްވެސް ޝާހިދު […]

ކާރު އުފައްދާ ކުންފުނިތައް އުވުގެން ދާނެ

ޗައިނާގެ އީވީ އުފައްދާ ކުންފުނި އެކްސްޕެންގްގެ ސީއީއޯ ހެ ޝިއާއޮޕެންގް ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ޗައިނާގެ ކާރު ސިނާއަތަށް ބޮޑެތި ލޮޅުންތަކެއް އަންނާނެ އެވެ. ދަ ސްޓްރެއިޓްސް ޓައިމްސްއާ ވާހަކަ ދައްކަވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރިން ފެށި 300 ސްޓާޓްއަޕްގެ ތެރެއިން މިހާރު ބާޒާރުގައި ހަރަކާތްތެރި ވަނީ 50 އަށް ވުރެ މަދު ކާރު އުފައްދާ ކުންފުނިތަކެކެވެ. އަދި އެކުންފުނިތަކުން އަހަރަކު އުޅަނދު ވިއްކަނީ އެންމެ 40 ކުންފުންޏެވެ. އޭނާ […]

ޚާލިސްތާން ހަރަކާތާ ގުޅިގެން އާ ބަހުސެއް ފަށައިފި

ޚާލިސްތާން ހަރަކާތަކީ އަބަދުވެސް ޚިޔާލު ތަފާތުވުން ބޮޑު މައުޟޫއެކެވެ. ޚާލިސްތާން ހަރަކާތަކީ ސިކުންގެ ދީނީ ހަރަކާތެއް ކަމަށްވާއިރު އެއީ، ހަރުކަށި ދީނީ ބައެއް އޭގައި ހިމެނޭ ހަރަކާތެކެވެ. ދެކޮޅުވެރިން ސިފަކުރާ ގޮތުގައި ޚާލިސްތާނީ ހަރަކާތަކީ ”ބަދަލު ހިފުމާއި އަނިޔާވެރިކަމުން ބާރުލިބިގެން ދާ ހަރަކާތެއް“ ކަމަށާއި، މިއީ ސިކުންގެ މުޖުތަމައުގެ ހަގީގީ ކަންބޮޑުވުންތަކާ ގުޅުމެއް ނެތް ހަރަކާތެއް ކަމަށް ބުނެފައެވެ. ދެކޮޅުވެރިން ބުނާ ގޮތުގައި މިހާރު ޚާލިސްތާނީ ހަރަކާތުގެ ވާހަކަ އެންމެ ގިނައިން ދެކެވޭ ކެނެޑާގައި ހަރަކާތްތެރިވާ ލީޑަރުން […]

ދިފާއީ ޚަރަދުތައް އިތުރުކުރުމަށް އެމެރިކާއިން ނިންމައިފި

ޗައިނާއާ އެކު ކުރިމަތިވެދާނެ ހަނގުރާމައަކަށް ތައްޔާރުވުމަށްޓަކައި އެމެރިކާގެ ޑިފެންސް ޚަރަދުތައް ޖީޑީޕީގެ %3 އަށްވުރެ މައްޗަށް އިތުރުކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ޕާޓީގެ ގްރޫޕަކުން ސަރުކާރަށް އިލްތިމާސްކޮށްފި އެވެ. ކޮންގްރެސްގައި މި ލަފާ ދީފައިވަނީ ސެންޓަރ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން 2026 ވަނަ އަހަރަށް ބޭއްވި މުސްތަގްބަލުގެ ހާލަތުގެ ސިނަރިއޯ އެކްސަސައިޒެއްގެ ތެރެއިންނެވެ. ޗައިނާއާ ބެހޭ ހައުސް ސެލެކްޓް ކޮމިޓީން ބައިވެރިވި މި ހަރަކާތުގައި ބެއިޖިން އިން އެމެރިކާއަށް […]

އިއާދަކުރަނިވި ހަކަތައާ ބެހޭ ޕާޓްނަޝިޕެއް ގާއިމް ކޮށްފި

އިންޑިއާ އާއި އޮސްޓްރޭލިއާ އާއި ދެމެދު ބޭއްވި ދެވަނަ އަހަރީ ސަމިޓުގައި ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިއާދަ ކުރަނި ހަކަތައިގެ ދާއިރާއިން ދެ ގައުމުން ގުޅުން ބަދަހި ކުރުމަށް ނިންމަވާފައެވެ. ދެ ބޭފުޅުން ރަސްމީކޮށް ފަށްޓަވައި ދެއްވީ އިންޑިއާ-އޮސްޓްރޭލިއާ ރިނިއުބަލް އެނާޖީ ޕާޓްނަޝިޕް (އާރުއީޕީ) އެވެ. މި މަސައްކަތުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ސޯލާ އެނާޖީ، ގްރީން ހައިޑްރޯޖަން، އަދި އެނާޖީ ސްޓޯރޭޖް އިންވެސްޓްމަންޓްތަކަށެވެ. ދެ ފަރާތުގެ ގުޅިފައިވާ ބަޔާނެއްގައި […]

 އެމެރިކާގައި ކިޔަވާ ޗައިނާ ދަރިވަރުންގެ އަދަދު ދަށްވެއްޖެ

އެމެރިކާގައި ބައިނަލްއަޤްވާމީ ދަރިވަރުންގެ ތެރޭގައިކުރިން އެއްވަނާގައި ހިމެނުނު ޗައިނާ ދަރިވަރުންގެ އަދަދު މިހާރު މަދުވެއްޖެއެވެ. އަދި  15 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިންޑިއާއިން ވަނީ ޗައިނާ ފަހަނައަޅައި ގޮސް ކުރި ހޯދާފައެވެ. މިހިނގާ ދިރާސީ އަހަރުގެ ތެރޭގައި އެމެރިކާގެ މުއައްސަސާތަކުގައި އިންޑިއާގެ 331،602 ދަރިވަރުން ކިޔެވުމަށް އެންރޯލް ވެފައި ވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %23 އިތުރު އަދަދެކެވެ. މިއާ ހިލާފަށް ޗައިނާގެ ދަރިވަރުން ކިޔަވަން ވަންނަ މިންވަރު %4 ދަށްވެ 277،398 އަށް […]

އާސާމް ސެމީކޮންޑަކްޓަރ މަރުކަޒަކަށް

އާސާމްގައި ހަދާފައިވާ ސެމީކޮންޑަކްޓަރ އެސެމްބްލީ އެންޑް ޓެސްޓް ފެސިލިޓީއަށް އެހީތެރިވުމުގެ ގޮތުން ސްޓޭޓް ސަރުކާރުން ދަނީ ވަރުގަދަ ސެމީކޮންޑަކްޓަރ ޕްރޮޑަކްޝަން އިކޯސިސްޓަމެއް ތަރައްޤީ ކުރަމުންނެވެ. ސްޓޭޓް ސަރުކާރުން ވަނީ 150 އަށް ވުރެ ގިނަ ސަޕްލައި ކުރާ ފަރާތްތަކާ ގުޅިގެން މި މަޝްރޫއަށް 61 އަށް ވުރެ ގިނަ ރޯ މެޓީރިއަލް ހޯދުމަށް އެސްއެމްއީތައް ބައިވެރިކޮށްފައެވެ. މި އިސްނެގުމަކީ އެސްއެމްއީތައް ބާރުވެރިކޮށް، ސިނާއީ ތަރައްގީއަށް ސްޓޭޓްގެ ސަޕްލަޔަރުން ބައިވެރިވުމަށް ހިތްވަރު ދީ، ދުނިޔޭގެ ސެމީކޮންޑަކްޓަރ ސަޕްލައި ޗޭންގައި […]

ޓައިވާނަށް ރައްކާތެރި މުވާސަލާތީ ގޮތްތައް ހޯދަނީ

ޓައިވާނާއި ބޭރު ދުނިޔެއާ ގުޅެނީ ކަނޑުއަޑިން އަޅާފައިވާ 15 ކޭބަލެއް މެދުވެރިކޮށެވެ. މިއީ ޗައިނާއާ 200 ކިލޯމީޓަރު (124 މޭލު) ދުރުގައި އޮންނަ ޖަޒީރާއަށް ނާޒުކު މުވާސަލާތީ ނިޒާމެކެވެ. ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ބިޔަ ލަޝްކަރު އޮތް އަދި އެންމެ ބޮޑު ކަނޑުގެ ސިފައިންގެ  މަނަވާއި ވަސީލަތްތައް އޮތް ގައުމެވެ. ބެއިޖިންއާ އެކު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ޓައިވާންގެ ލީޑަރުން ވަނީ މުވާސަލާތީ ނިޒާމުތައް ހަރުދަނާ ކުރުމަށާއި އެ ނިޒާމު ރައްކާތެރި ކުރާނެ ގޮތްތަކެއް ހޯދުމަށް […]