ސްޕޭސްއެކްސްއިން ޖީސެޓް-އެން2 ސެޓެލައިޓް ފޮނުވައިފި

ސްޕޭސްއެކްސް އިން ވަނީ އިންޑިއާގެ ޖީސެޓް-އެން2 ސެޓެލައިޓް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލާފައެވެ. މި މިޝަންގެ މަގުސަދަކީ އިންޑިއާގެ ބްރޯޑްބޭންޑާއި އިން-ފްލައިޓް އިންޓަނެޓްގެ ހިދުމަތް ކުރިއެރުވުމެވެ. ފްލޮރިޑާއިން ފޮނުވާލި މި ސެޓެލައިޓް ޖިއޮސިންކްރޮނަސް ޓްރާންސްފާ އޯބިޓްގައި ބަހައްޓާފައިވަނީ މިއަދު ހެނދުނު 12:36 ހާއިރު އެވެ. އިސްރޯގެ ވިޔަފާރި ކުންފުނި ކަމަށްވާ އެންއެސްއައިއެލް އިން އުފައްދާފައިވާ ޖީސެޓް-އެން2 ގައި ބޭނުންކޮށްފައިވަނީ ޒަމާނީ ސީޔޫ-ބޭންޑް ޓެކްނޮލޮޖީ އެވެ. އެއީ މުޅި އިންޑިއާގައި ސްމާޓް ސިޓީތަކާއި ކަނެކްޓިވިޓީ ގެ ބޭނުންތަކަށް ސަޕޯޓް ކުރާނެ […]
ލާއޯސް ދަރަނިވެރިވެއްޖެ

ލާއޯސް އަކީ ކޮމިއުނިސްޓް ގައުމެކެވެ. ޗައިނާއިން އިން ވަނީ ހައިސްޕީޑް ރޭލްވޭއާއި ޓީވީ ސްޓޭޝަނާއި ސިފައިންގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ގައި އިންވެސްޓް ކޮށްފައެވެ. ޗައިނާއަށް އަދާ ކުރަން ޖެހިފައިވާ ބޮޑު ދަރަންޏެއްގެ ސަބަބުން ލާއޯސް އަށް ވަނީ ދަރަނީގެ ބުރަ އުފުލަން ޖެހިފައެވެ. އޭގެ އިތުރުން އެ ޤައުމުގެ އިންފްލޭޝަންވެސް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ކާބޯތަކެތީގެ އަގުތައް ބޮޑުވަމުން އަންނަ ވަރަކަށް އިތުރު އާއިލާތަކުން ކާނާ ހޯދުމަށް އެހެން ގޮތް ގޮތް ހޯދަން މަޖުބޫރު ވެއެވެ. […]
އިންޑިއާއާއި ބްރަޒިލުން އެތައް ދާއިރާގެ ގުޅުމަށް

ރިއޯ ޑި ޖެނީރޯގައި ބޭއްވި ޖީ20 ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. ދެ ބޭފުޅުންގެ މަޝްވަރާ ފޯކަސް ކޮށްފައިވާ މުހިންމު ދާއިރާތަކުގެ ތެރޭގައި ހަކަތަ، ބަޔޯފިއުލް، ޑިފެންސް، އަދި ދަނޑުވެރިކަން ހިމެނެ އެވެ. ޕީއެމް މޯދީ ވަނީ ޖީ20 ގެ ރިޔާސީ ދައުރުގައި ބްރެޒިލުން އަދާކުރި ލީޑަޝިޕްގެ ދައުރަށް ތައުރީފު ކުރައްވާފައެވެ.
ޗައިނާގައި ކްރިޕްޓޯގެ ރިޝްވަތުގެ މައްސަލައެއް

ޗައިނާ ސެންޓްރަލް ބޭންކުގެ ކުރީގެ އޮފިޝަލަކު ކްރިޕްޓޯ ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ. ޕީޕަލްސް ބޭންކް އޮފް ޗައިނާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އަދި ޑިޖިޓަލް ކަރަންސީ ރިސާޗްގެ ދާއިރާގައި ކުރިއަރާފައިވާ މީހެއް ކަމަށްވާ ޔާއޯ ކިއަން ވަނީ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ރިޝްވަތު ގަބޫލުކޮށްފައެވެ. ޗައިނާގެ ކޮރަޕްޝަން މައްސަލަ ބަޅާ އިދާރާއިން ވަނީ ޗައިނާ ސެކިއުރިޓީޒް ރެގިއުލޭޓަރީ ކޮމިޝަން (ސީއެސްއާރުސީ) ގައި ޔާއޯގެ ދައުރުގައި ”ވަރަށް ބޮޑަށް ގަވާއިދާ ޚިލާފު އަމަލުތައް ހިންގާފައިވާ“ ކަމަށް ތުހުމަތުކޮށްފަ އެވެ. ޑޭޓާއާއި […]
އަޅުގަނޑުމެން މިސަރުކާރު ބަލިކޮށްލާނަން: ޝާހިދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރު ބަލިކޮށްލާނޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ ގާނޫނުއަސާސީއަށް ބޭނުން ބަދަލެއްގެނެސް މިސަރުކާރުން ބޭނުންވަނީ ރައްޔިތުން މާޔޫސް ކޮށްލަން ކަމަށެވެ. އެހެންނަމަވެސް އެއީ އެމްޑީޕީން އަޅައިނުލައި އޮންނާނޭ ކަމެއްނޫން ކަމަށް ވިދާޅުވިއެވެ. ސަރުކާރު ހަމަމަގަށް އަޅުވައި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ކުރަންޖެހުނު ކޮންމެ ކަމެއް […]
ދުޅަހެޔޮކަން ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މުޖުތަމަޢުގެ ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ އެއްބަސްވުމެއްގައި މާލޭ ސިޓީކައުންސިލާއި ވީރަން މޯލްޑިވްސް އާ ދެމެދު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެސިޓީކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވް ޢަބްދުލް މުހައިމިން ނަޞީރާއި ވީރަން މޯލްޑިވްސްގެ ފައުންޑަރ ޙުސައިން ޒިނާން ކަމަށް މާލޭސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ވީރަން އިވެންޓްތައް އިންތިޒާމުކޮށް ހިންގުމުގައި އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް ގާއިމްކުރެވޭނެއެވެ. މިއެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ މާލޭގެ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމެއް ކުރިއެރުވުން […]
ހައްޔަރު ކުރަން އުޅޭތީ ނަތަންޔާހޫ ދެން ސައިޒް ވާނެ

ޒަޔަނިސްޓް ޔަހޫދީ މުޖުރިމު ނަތަންޔާހޫ ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރު ތަންފީޒު ކުރާނެ ކަމަށް ނެދަރލެންޑްސް އިން ބުނެފިއެވެ. އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު ހުންނަނީ ނެދަރލެންޑްސްގެ ހޭގްގައެވެ. ނެދަރލެންޑްސްގެ ޚާރިޖީ ވަޒީރު ވިދާޅުވީ ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ގަލަންޓު ވިއަސް ނެދަރލެންޑްގައި ފައި ޖައްސައިފިނަމަ ހައްތަރު ކުރުމުގެ އަމުރު ތަންފީޒު ކުރާނެ ކަމަށެވެ. ޒަޔަނިސްޓު ޔަހޫދުންގެ ސަރުކާރުން ބުނެފައި ވަނީ އެއީ ވަކިފަރާތަކަށް ޖެހިފައިވާ ކޯޓަކުން ނެރެފައިވާ ޔަހުދީންނާ ނަސްލީ ތަފާތުކަމެއް ގެންގުޅޭ […]
މިގައުމަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ޕާޓީތަކުގެ ސަބަބުން:އުމަރު

ފާއިތުވި ނަވާރަ އަހަރުތެރޭގައި ދިވެހި ގައުމަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ސިޔާސީ ޕާޓި ތަކުގެ ސަބަބުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި ބަދަލަށް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ މީގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީގެ ލީޑަރުގެ މުށުތެރޭގައި ތާށިވީ ކަމަށެވެ. ”ލީޑަރު ނުރުހޭގޮތަކަށް އަމަލުކޮށްފިނަމަ ނުވަތަ ޚިޔާލު ތަފާތު ވެއްޖެނަމަ ނުވަތަ ވޯޓުދީފިނަމަ ޕާޓީއިން ވަކިކޮށްލުމުން މަޖްލިސްގެ މެންބަރުކަން ގެއްލިގެންދާނެއެވެ.“ […]
އިންޑިއާގެ ގްރީން އެނާޖީގެ ރޮނގުން ކުރިއެރުންތަކެއް

އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއާއި ސާފު ހަކަތައިގެ ދައިރާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ދިމާއަށް އިންޑިއާއިން އަންނަނީ ހަލުވި ކުރިއެރުންތަކެއް ހޯދަމުންނެވެ. އިންޑިއަން ރޭލްވޭއިން ހައިޑްރޯޖަން އިން ކަރަންޓް އުފައްދައި ދޭ ފުރަތަމަ ރޭލު މި ޑިސެމްބަރު މަހު ޓެސްޓް ކުރަން ހަމަޖައްސައިފިއެވެ. ޓަމިލްނާޑޫގައި ހަދާފައިވާ މި ރޭލު ގަޑިއަކު 140 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވާއިރު، އޭގައި ބޭނުން ކުރާނީ ހަމައެކަނި ހޫނު ފެނެވެ. މި ރޭލް ޓެސްޓު ކުރުމުގެ ދުއްވުންތައް ކުރިއަށްދާނީ ހަރިޔާނާގެ ޖިންދު-ސޮނިޕަތު ރޫޓުގަ އެވެ. […]
