އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއާއި ސާފު ހަކަތައިގެ ދައިރާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ދިމާއަށް އިންޑިއާއިން އަންނަނީ ހަލުވި ކުރިއެރުންތަކެއް ހޯދަމުންނެވެ.
އިންޑިއަން ރޭލްވޭއިން ހައިޑްރޯޖަން އިން ކަރަންޓް އުފައްދައި ދޭ ފުރަތަމަ ރޭލު މި ޑިސެމްބަރު މަހު ޓެސްޓް ކުރަން ހަމަޖައްސައިފިއެވެ. ޓަމިލްނާޑޫގައި ހަދާފައިވާ މި ރޭލު ގަޑިއަކު 140 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވާއިރު، އޭގައި ބޭނުން ކުރާނީ ހަމައެކަނި ހޫނު ފެނެވެ. މި ރޭލް ޓެސްޓު ކުރުމުގެ ދުއްވުންތައް ކުރިއަށްދާނީ ހަރިޔާނާގެ ޖިންދު-ސޮނިޕަތު ރޫޓުގަ އެވެ. އެކަން ކާމިޔާބު ވެއްޖެ ނަމަ 2025 ވަނަ އަހަރުގެ ނިޔަލަށް މިފަދަ އިތުރު 35 ރޭލު އިންޑިއާއިން އުފައްދާނެއެވެ.
އިންޑިއާގެ ކަރަންޓު އުގެއްފުމުގެ ޓެސްޓްތައް ކުރާ ޕްލާންޓަކުން ވަނީ ހައިޑްރޮޖަން އިން ހަކަތަ އުފެއްދުން ކާމިޔާބުކަމާއެކު ޓެސްޓުކޮށް އޭގެ މޮޑެލެއް އުފައްދާފައެވެ. މިހާރު އިންޑިއާއިން އަމާޒު ހިފާފައި ވަނީ، ގްރީން އެނާޖީގެ ކެޕޭސިޓީ 2025 ވަނަ އަހަރު 6،000 މެގަވޮޓަށް އިތުރުކޮށް، 2027 ވަނަ އަހަރު 19،000 މެގަވޮޓަށް އިތުރު ކުރާށެވެ.
އޮޑިޝާ ސްޓޭޓްގައިވެސް ފެހި ހައިޑްރޯޖަން އަދި އެމޯނިއާ ޕްލާންޓެއް އެޅުމުގެ މަސައްކަތް ކުރަމުން ދެއެވެ.
އޭގެ އިތުރުން، ލަދާކްގައި ސޯލާއާއި ހައިޑްރޯޖަން ގެ މައިކްރޯގްރިޑަކުން އެހިސާބުގެ ސިފައިންގެ މަރުކަޒުތަކަށް ކަރަންޓް ދެމުންދެ އެވެ.
މި މަސައްކަތްތައް ވިލަރެސް ކޮށްފައި ވަނީ، 2030 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާ އިން ކަނޑައަޅާފައިވާ ސާފުހަކަތައާއި އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލު ކުރާށެވެ. އިންޑިއާ ސަރުކާރުން ބުނަނީ، ހައިޑްރޯޖަން އަކީ ”މުސްތަގުބަލުގެ ތެޔޮ“ ކަމަށެވެ.






