ޑިސެމްބަރ 23, 2024 17:58

ވިލިމާލޭގެ ބޯޓްޔާޑު ސަރަޙައްދު ސާފުކުރަން ފަށައިފި

ވިލިމާލޭގެ ބޯޓްޔާޑު ސަރަޙައްދު ސާފުކުރުމުގައި ވިލިމާލެ ސެކްޝަންގެ މުވައްޒަފުން/ފޮޓޯ ސިޓީކައުންސިލް

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބޯޓްޔާޑު ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްދަނީ މާލެ ސިޓީ ކައުންސިލްގެ މުނިސިޕަލް ޓީމާއި، ކޮމިއުނިޓީ އެންގޭޖްމަންޓް އަދި ވޭސްޓް މެނޭޖުމެންޓް ޓީމުތައް ގުޅިގެން ކަމަށް މާލޭ ސިޓީކައުންސިލުން ވިދާޅުވިއެވެ. މި މަސައްކަތް ކުރިއަށްދަނީ ސެގްމަންޓްތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ފަށައި، މަގުތަކާއި ހުސްބިންތަކުގައި ހުރި ކުނި ނަގައި ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައި ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ. ދެވަނަ ސެގްމަންޓުގައި ހިމެނޭ […]

މާރާމާރީއެއްގައި، ޒަޚަމްވި މީހަކަށް ފަރުވާ ދޭން ފަށައިފި

މާރާމާރީގައި ޒަޚަމްވި ކަމަށް ބުނާ މީހާ/ފޮޓޯ ކޭޑް

މާފަނު ޝަހީދު އަލީ ގޯޅިގައި ހުރި ކެފާއެއްގައި މާރާމާރީއެއް ހިންގައިފިއެވެ. ފުލުހުން ވިދާޅުވީ މި މާރާމާރީގައި އެކަކަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވެފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް މިހާރުދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ. އެމހާއަށް ލިބިފައިވާ އަނިޔާގެ އެއްވެެސް މައުލޫމާތެއް އަދި ނުލިބެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. މި މައްސަލަ ބަލަން ފަށާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަދު މޫދުން ފެނުނު މީހާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭރުތޮށިގަނޑާ ދިމާ މޫދޫން މިއަދު ނެގި މީހާއަސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެމީހާ ނިޔާވެފައިވަނީ މިއަދު ހަވީރުގެ ވަގިތެއްގައެވެ. މޫދުގައި އަނިޔާވެފައިވަނިކޮށް މިއަދު މޫދުން ނަގާފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަނިޔާވެފައިވަނީ އެމީހާގެ ބޮލަށެވެ. އަނިޔާވެފައިވަނީ އުޅަނދެއްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ލަފާކޮށްފައެވެ. މިމައްސަލަ ތަހުގިގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެމީހާއާ ބެހޭ އިތުރު ތަފްސީލެއް […]

މާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ މަގުތައް މަރާމާތުކޮށް، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މާލޭސިޓީކައުން ސިލުން ފަށައިފިއެވެ. އެގޮތުން ހަވީރީހިނގުން،ޗާނދަނީ މަގު، މަޖީދީ މަގު ހެދުމުގެ މަސައްކަތް މިހާރުވަނީ ފަށައިފައި ކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. މޭޔަރު އާދަމް އާޒިމް ވިދާޅުވީ،މި މައްސަލައަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލައަކަށް ވާތީ، ވީހާ ވެސް އަވަހަށް މި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މޭޔަރު ވިދާޅުވީ މި މަސައްކަތުގެ ދަށުން އަމީނީމަގާއި ޗާންދަނީމަގު ފަދަ ބޮޑެތި މަގުތައް މަރާމާތުކުރުމަށް ޚާއްޞަ ސަމާލުކަމެއް […]

ކާރުއެކްސިޑެންޓުގައި ހައްޔަރުކުރި އިކްރާމް ދޫކޮށްލައިފި

ހުޅުމާލޭގައި ހިނގި ސްޕޯޓްސް ކާރު އެކްސިޑެންޓްގެ މައްސަލައިގައި ކާރު ދުއްވި އިބްރާހިމް އިކްރާމް މިއަދު ކްރިމިނަލް ކޯޓުގައި ކުށަށް އިއުތިރާފުވެއްޖެ އެވެ. އިކްރާމްގެ ވަކީލު ކޯޓުގައި ބުނީ އޭނާ ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ދައުވާ ލިބޭ އަނެއް ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. މިދިޔަ ޖުލައި މަހު ހުޅުމާލޭގެ ދެވަނަ ފޭސްގައި ހިނގި މި އެކްސިޑެންޓްގައި މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން […]

މަޖިލީހުގެ ދައުރު އިތުރު ކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު ޑިސެމްބަރު 15 އަށް އިތުރުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކަމަށް ވޯޓަށް އެހުމުން، 68 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. އަދި 11 މެންބަރުން ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. މަޖިލީހުގެ ދައުރު އިތުރުކުރުމަށް ހުށަހެޅުއްވި ސަބަބު ބަޔާން ކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގައި ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރު […]

ފަސްސަތޭކަ ޑޮލަރު މާރުކުރަން ބިލުގައި އޮތުމަކީ ރަނގަޅުކަމެއް: ރައީސް

ބޭރުފައިސާއާ ބެހޭ ގާނޫނެއް ހެދުމަށް އެމްއެމްއޭއިން އެކުލަވާލައިފައިވާ ބިލުގައި ބޮލަކަށް ފަސް ސަތޭކަ ޑޮލަރު މާރުކުރާ ގޮތަށް އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިގޮތަސް ބޭރު ފައިސާއާ ބެހޭ ގާނޫނެއް ހެދިގެން ދިއުމަކީ މުހިންމުކަމެއް ކަމަށެވެ. ”މި ގާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ. އަދި މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާ […]

މޫދުގައި އަނިޔާވެފައިއޮތް މީހަކު ނަގައިގެން ފަރުވާ ދޭން ފަށައިފި

ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭރުތޮށިގަނޑާ ދިމާ މޫދޫން އަނިޔާވެފައިވާ މީހަކު ނަގައިފިއެވެ. އެއީ ދިވެހި ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ އެމީހާ ނެގުމަށްފަހު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވިދާޅުވީ އަނިޔާވެފައިވަނީ އެމީހާގެ ބޮލަށް ކަމަށެވެ. ބެލެވޭ ގޮތުގައި އެމީހައަށް އަނިޔާވީ އުޅަނދެއްގައި ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެސަރަހައްދުގެ މޫދަށް އެމީހާ ފައިބައިގެން އުޅުނީ ކީއްކުރަން ކަމެއް ނޭނގެއެވެ. މިމައްސަލަ ތަހުގިގު ކުރަން ފަށައިފި ކަމަށާއި އިތުރު މައުލޫމާތު ލިބުމުން މައުލޫމާތު ދެއްވާނޭ ކަމަށް […]