ވިލިމާލޭގެ ބޯޓްޔާޑު ސަރަޙައްދު ސާފުކުރުމުގައި ވިލިމާލެ ސެކްޝަންގެ މުވައްޒަފުން/ފޮޓޯ ސިޓީކައުންސިލް

ވިލިމާލޭގެ ބޯޓްޔާޑު ސަރަޙައްދު ސާފުކުރަން ފަށައިފި

މުހައްމަދު އަލީ
ނޮވެމްބަރ 27, 2024

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބޯޓްޔާޑު ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްދަނީ މާލެ ސިޓީ ކައުންސިލްގެ މުނިސިޕަލް ޓީމާއި، ކޮމިއުނިޓީ އެންގޭޖްމަންޓް އަދި ވޭސްޓް މެނޭޖުމެންޓް ޓީމުތައް ގުޅިގެން ކަމަށް މާލޭ ސިޓީކައުންސިލުން ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށްދަނީ ސެގްމަންޓްތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ފަށައި، މަގުތަކާއި ހުސްބިންތަކުގައި ހުރި ކުނި ނަގައި ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައި ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ. ދެވަނަ ސެގްމަންޓުގައި ހިމެނޭ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ވެސް މިއަދުވަނީ ފަށައިފައެވެ.

މި މަސައްކަތް ކުރިއަށްދަނީ ހެނދުނު 8.30އިން ފެށިގެން، މެންދުރު ފަހު 2:00 އަށެވެ. ފުރަތަމަ ދުވަހު 11.1 ޓަނުގެ ކުނި ނެގުނެވެ. މިއަދު ނެގިފައިވަނީ 9.7 ޓަނުގެ ކުންޏެވެ.

މި ސަރަޙައްދުން ނެގުނު ކުނީގެ ތެރޭގައި ޕްލާސްޓިކް، ދަގަނޑު، ލަކުޑި އަދި އުޅަނދުފަހަރު މަރާމާތުކުރުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ހިމެނެއެވެ.

މާލެ ސިޓީ ކައުންސިލުން، މި މަސައްކަތް ކުރިއަށް ގެންދަނީ ރަށުތެރެ ސާފުކޮށް ބޭއްވުމަށާއި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ހޯދައިގެން މަސައްކަތް ކުރުމަށް އިސްކަންދީގެން ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތްތާގައި ބޯޓުޔާޑު ސަރަޙައްދު ބޭނުންކުރުމުގައި، ވަކި އުސޫލުތަކެއް ކަނޑައަޅައި، ކައުންސިލުގެ ހުއްދައާއެކު އެ ސަރަޙައްދު ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމަށް ދަނީ ރާވަމުން ކަމަށް މާލޭސިޓީކައުންސިލުން ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ