އެޗުޑީސީގެ އެމްޑީއަކަށް މައުރޫފް ޖަމީލް އައްޔަން ކުރައްވައިފި

އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މައުރޫފް ޖަމީލް މިއަދު އައްޔަން ކުރައްވައިފިއެވެ. އޭނާ މި މަގާމަށް އައްޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ރޭ އިސްތިއުފާ ދެއްވަމުންނެވެ. އެ މަގާމަށް މައުރޫފް އައްޔަންކުރި ކަން ޕީސީބީން ހާމަކުރެއްވީ މިއަދު އެވެ. މައުރޫފަކީ ރައީސް މައުމޫން ސަރުކާރުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަންސް އެންޑް ޕަބްލިކް ވޯކްސް ގެ މަގާމް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ހުޅުމާލޭ ހިއްކުމަށް ހިންގެވި މަޝްރޫއުގައި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. […]
މޮދީ ކުވެއިތަށް ޒިޔާރަތް ކުރައްވައިފި

ބަޔާޅީސް އަހަރު ތެރޭ ކުވެއިތަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ކުވެއިތަށް ވަޑައިގެންފިއެވެ. އެންމެ ފަހުން ކުވެއިތަށް ވަޑައިގަތް އިންޑިއާ ބޮޑު ވަޒީރަކީ އިންދިރާ ގާނދީއެވެ. ކުވެއިތަށް ކުރައްވާ ދަތުރުފުޅުގައި މޮދީ ވަނީ ގަލްފް ކަޕް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ކުވެއިތުގެ އަމީރު މިޝްޢަލް ބިން ޖާބިރުލް އަޙުމަދުއް ޞަބާޙުއާ އެކު ބައިވެރިވެ ވަޑައިގެންފައެވެ. މޮދީ ވަނީ ކުވެއިތުގައި މަސައްކަތް ކުރާ އިންޑިއާ މީހުންނާ ވެސް ބައްދަލު ކުރައްވާފައެވެ. މިލިއަނެއް ހައި […]
