އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށްނޫން: ރައީސް

ސަރުކާރުގެ އެކި މަގާމްތަކަށް މީހުން ލަނީ ވައްކަމާއި ކޮރަޕްޝަން ހިންގަން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ތެެެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ”އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށްނޫން. ކޮރަަޕްޝަން ހިނގާކަށްނޫން. ގަވާއިދާ ޚިލާފުކަމެއް ވެސް ކުރާކަށްނޫން. އޭގެބަދަލުގައ ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކީގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް. އެނޫން ގޮތަކަށް ކަންކަން ކުރާކަމަށްވާނަމަ އަޅުގަނޑު އެމީހަކު އެތަނުން ދުރުކުރާނަން. ނޫނީ […]
ބައްސާމަށް އިތުރު ދެ ދައުވާ އުފުލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިތުރު ދެ ދައުވާއެއް އުފުލައިފި އެވެ. ޕީޖީ އޮފީހުން ބުނީ ބައްސާމުގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކަމަށެވެ. އެގޮތުން އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް އެފްއޭއެމްގެ 1.2 މިލިއަން އެމެރިކާ ޑޮލަރަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. މަނީ […]
އެޗުޑީސީގެ ފަނަރަ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ބިންވެރިޔާ ސްކީމާ ގުޅިގެން ކުރަމުންދާ ތަހުގީގަށް މަގުފަހިކުރުމަށް އެޗްޑީސީގެ 15 މުވައްޒަފަކު މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ. ވަކިކުރި މުވައްޒަފުންގެ ތެރޭގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން ހިމެނެ އެވެ. މި ދެ މުވައްޒަފުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޑް ކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކިކުރި 15 މުވައްޒަފުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެންނަކީ […]
ފޮޓޯއިން: ޒަޔަނިސްޓުންގެ ޖަލެއް

ޒަޔަނިސްޓް ޓެރަރިސްޓުންގެ އޮފަރު ޖަލުގައި ތިބި ފަލަސްތީނު މީހުން ބުނާ ގޮތުގައި 24 ގަޑިއިރަށް ތިބެނީ އަތް ބަނދެފައެވެ. ބައެއް ހާލަތްތަކުގައި ފަޔާއި ފައި ޖައްސައިގެން ބަނދެފައެވެ. ނިދާފައި ތިބޭ އިރާއި، ކާއިރާއި ފާޚާނާ ބޭނުންކުރާއިރު ވެސް ތިބެނީ ބަނދެފައެވެ. ފެން ވަރަން ލިބެނީ ހަފްތާއަކު އެއް ފަހަރު އެވެ. ހިތަށް އެރުމާއެކު ގާޑުން ތަޅައި ގަންނާނެ އެވެ. މިއީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަދާފައިވާ ޖަލެކެވެ.
ފޮޓޯއިން: މިސްރުގެ އައު ވެރިރަށުގެ ގަނޑުވަރުން މެހުމާނުން ހައިރާންކޮށްލައިފި

މިސްރުން ވަނީ އައު ވެރިރަށެއް ބިނާކޮށްފައެވެ. އައު ވެރިރަށް ޤާހިރާ އަލްޖަދީދާގައި ބޭއްވި އެންމެ ފުރަތަމަ ކޮންފަރެންސަކީ، ޖީ8 ކޮންފަރެންސެވެ. މިއީ ތަރައްގީ ވަމުން އަންނަ 8 ގައުމުން ބައިވެރިވާ ކޮންފަރެންސެކެވެ. މީގައި ހިމެނެނީ ތަރައްގީ ވަމުން އަންނަ އަށް އިސްލާމީ ގައުމެކެވެ. މީހުންނަށް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އައު ވެރިރަށުގެ ގަނޑުވަރުގެ ރީތިކަމާއި ހައިބަތާއި ޝާހީ ކަމުންނެވެ. ފޮޓޯތައް ފެނިގެން ރައްޔިތުން މައްސަލަ ޖެއްސުމުން މިސްރު ސަރުކާރުން ބުނެފައި ވަނީ ރައްޔތުންގެ ފައިސާއިން […]
އޮސްކަރގެ 2025ގެ ޝޯޓްލިސްޓްގައި ”ފުރޮމް ގްރައުންޑް ޒީރޯ“

ފަލަސްތީނުގެ ޑައިރެކްޓަރު ރަޝީދު މަޝަރާވީގެ ”ފްރޮމް ގްރައުންޑް ޒީރޯ“، ވަނީ އޮސްކާ 2025 ގެ އެންމެ މޮޅު ބައިނަލްއަގްވާމީ ފީޗާ ފިލްމު ކެޓަގަރީގައި ރަސްމީކޮށް ޝޯޓްލިސްޓްކޮށްފަ އެވެ. ޣައްޒާގައި އުފެއްދި ކުރު 22 ފިލްމުގެ ކަލެކްޝަނެއް ކަމަށްވާ ”ފްރޮމް ގްރައުންޑް ޒީރޯ“ އަކީ 97 ވަނަ އެކެޑެމީ އެވޯޑްގެ ކެޓަގަރީގައި ޝޯޓްލިސްޓް ކޮށްފައިވާ 15 ފިލްމުގެ ތެރެއިން އެއް ފިލްމެވެ. ”ފްރޮމް ގްރައުންޑް ޒީރޯ – ސްޓޯރީސް ފްރޮމް ޣައްޒާ“ – ގައި ދުވަހުން ދުވަހަށް ޣައްޒާގެ […]
ފޮޓޯއިން: މޮދީގެ ކުވެއިތުގެ ދަތުރުފުޅު

ކުވެއިތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ކުރައްވާ ދަތުރުފުޅުގައި ކުވެއިތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެ މުހިންމު އެވޯޑު މުބާރަލް އަލްކަބީރުގެ އެވޯޑް ކުވެއިތުން ވަނީ މޮދީއަށް އަރުވާފައެވެ. މޮދީ ވަނީ ކުވެއިތުގެ އަމީރު މިޝްޢަލް އަޙުމަދު އަލްޖާބިރު އައްސަބާޙުގެ އަރިހުގައި ގަލްފް ކަޕް އިފްތިތާޙު ކުރުމުގައި ބައިވެރިވެ ވަޑައިގެންފައެވެ. މޮދީ ވަނީ ގަލްފް ކަޕް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ފީފާގެ ރައީސް އިންފެންޓީނޯއާ ބައްދަލު ކުރައްވާފައެވެ. މޮދީ ވަނީ ކުވެއިތުގައި މަސައްކަތް ކުރާ މިލިއަން […]
ފޮޓޯތަކުން: ކަޝްމީރަށް މިއަހަރަކީ ފިނި އަހަރެއް

ކަޝްމީރުގައި ކުރިން ލައިނުގަންނަ ފަދަ ގަދަ ފިނިކަމަކާ މިއަހަރު ލައިގެން ފައިވެއެވެ. މިފިކަން 40 ދުވަހަށް ދެމިގެން ދާނެއެވެ. ސްރީނަގަރުގައި ޓެމްޕްރޭޗަރ ވަނީ 8.5 މައިނަސް އަށް ވެސްޓިފައެވެ. އަދި އަނަންތާންގް ފަދަ ހިސާބުތަކުގައި މައިނަސް 10.5 އަށް ވެއްޓިފައި ވެއެވެ. ދާލް ލޭކް ގަނޑުވުމުން ޝިކާރާއެއްވެސް ވަނީ ގަނޑުފެނުގައި ތާށިވެފައެވެ. ޝިކާރާއަކީ ދާލް ލޭކްގައި ދުއްވާ ކުދި ބޮއްކުރާތަކެވެ. ދާލް ލޭކް ގައި ތަރުކާރީ ވިއްކައި އުޅޭ މީހުންވެސް ފެންގަނޑު ވުމުގެ ސަބަބުން ފިނި ހިފައިގެން […]
ވަރިއާއި ކައިވެނި އެންމެ ގިނައީ 2022 ވަނަ އަހަރު

ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރަކީ އެންމެ ގިނައިން ވަރިއާއި ކައިވެނި ކުރި އަހަރެވެ. އެ އަހަރު 1،346 ވަރިއާއި 2،514 ކައިވެނި ކޮށްދީފައިވެއެވެ. 2018 އިން 2023 އަށް ބަލާއިރު، ޖުމުލަ 7،099 ވަރި ކޮށްދީފައިވާއިރު، 13،777 ކައިވެނި ކޮށްދީފައިވެއެވެ. މި މުއްދަތުގައި އެންމެ މަދުން ވަރިއާއި ކައިވެނި ކުރީ 2020 ވަނަ އަހަރުއެވެ. އެއީ ކޮވިޑް-19 ގެ ސަބަބުން ކަމަށް ފެމިލީ ކޯޓުން ބުނެއެވެ. 2020 ވަނަ އަހަރު […]
ރައީސް މުއިއްޒާއި މިނިސްޓަރު ހައިދަރުގެ އިސްތިއުފާއަށް ގޮވައިފި

ގޯއްޗާއި ފުލެޓު ދިނުމުގެ ކަންކަމުގައި ވައްކަމާއި އޮޅުވައިލުން ހިމެނޭކަމަށް ބުނެ އާންމުންތަކެއް މިއަދު މުޒާހަރާ ކޮށްފިއެވެ. ދަރުބާރުގެ ކައިންފެށި މުޒާހަރާވަނީ މާލޭގެ ބައެއް މަގުތަކަށް ފުޅާވެފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ހައުސިން މިނިސްޓަރ ހައިދަރުގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އަދި ގޯއްޗާއި ފުލެޓުން ކުރަމުންދާ ވައްކަން މިހާރުން މިހާރަށް ހުއްޓާލުމަށް ވަނީ ސަރުކާރަށް ގޮވާލައިފައެވެ. ފުލެޓާއި ގޯތި ކުރިންވެސް ގެޒެޓުކޮށްފައިވާ ލިސްޓާ އެއްގޮތަށް އޭގެ ”ހައްގުވެރިންނަށް“ ހަވާލުކުރުމަށް މުޒާހަރާގެ ބައިވެރީން ވަނީ […]
