ތިންފުޅި ބަނގުރަލާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ފުލުހުން މިރޭ ހިނގި އޮޕަަރޭޝަނެއްގައި ބަނގުރަލާއެކު މާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުުުހުން ވިދާޅުވީ މިއީ މާލޭގައި ބަނގުރާގެ ވިޔާފާރިކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެ މީހާ ހައްޔަރު ކޮށްފައިވަނީ މާލޭ މަޖީދީ މަގުންނެވެ. ހައްޔަރު ކޮށްފައިވަނީ ގދ. ގައްދޫ ރެޑުމާގޭ، މުހައްމަދު އަޒުހަމް ސައީދު (33އ) ކަމަށް ފުލުހުން ވިދާުޅުވިއެވެ. ތިންފުޅި ބަނގުރާ ފެނިފައިވަނީ އަޒުހަމް ދުއްވި ސައިކަލުގެ މަޑިދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަ […]

ފައްޔާޒަކީ ވައްކަން ކުރާނޭ މީހެއް ނޫން: އިބްރާ

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާރަކީ ވައްކަން ކުރާނޭ ބޭފުޅެއް ނޫންކަމަށް ފައްޔާޒުގެ ބޭބެ އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބްރާ ވިދާޅުވެފައިވަނީ އޭނާއާއި ފައްޔާޒާ ދެމެދުގައި ސިޔާސީ ކަންކަމުގައި ދެބަސްވުންތައް ހުންނަ ކަމަށެވެ. އެހެނަސް އޭނާ ވައްކަމާއި، ޚިޔާނާތްތެރިވާނޭ  ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ”ސިޔާސީ ކަންކަމުގައި ފައްޔާޒުއާ އަހުރެން ދެބަސްވާ ކަންކަން ހުރެއެވެ. އެކަމަކު ވަރަށް ސާފުކޮށް ބުނަން ބޭނުމެވެ. އޭނާއަކީ ވައްކަންކުރާނޭ ޚިޔާނާތްތެރިއެއް ނޫނެވެ.“ އިބްރާ […]

މަނަދޫ ތާރިގު ޕީއެންސީއަށް

މަނަދޫ ތާރިގަކީ ފެށުނީއްސުރެން އެމްޑީޕީގައި މަސައްކަތް ކުރާ މެންބަރެއް. ސިޔާސީ މަސައްކަތުގައި އަމަލީ ގޮތުން އުޅުއްވާ ބޭފުޅެއް. ކުރީގެ ސްޓޭޓު މިނިސްޓަރެއް/ފޮޓޯ އެމްޑީޕީ

އެމްޑީޕީގެ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތާރިގު (މަނަދޫ ތޯރިގު) އަށް އެނގިވަޑައިގަތުމަކާ ނުލައި ޕީއެންސީއަށް އޭނާ  ބަދަލުކޮށްފިއެވެ. މިމައްސަލާގައި އޭނާ ވަނީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއަށް ސިޓީއެއް ފޮނުއްވައިފައެވެ. އެސިޓީގައި އެދިވަޑައިގެންފައިވަނީ އޭނާގެ ސޮޔާއި ފިންގަރ ޕްރިންޓާއި ޒާތީ މައުލޫމާތު އޭނާއަށް އެނގިވަޑައިގަތުމަކާ ނުލައި ބޭނުން ކޮށްގެން ޕާޓީ ބަދަލު ކޮށްފައިވާ މައްސަލަ ބައްލަވައިދެއްވުމަށެވެ. ”މިކަމަކީ ޕީއެންސީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނާއި ޕީއެންސީ ގުޅިގެން ހިންގާފައިވާ ކަމެއް […]

ނިރުބަވެރިންގެ 60 އިންސައްތަ ޕާކިސްތާނުން

އަހަރު ނިމޭ ތަފާސްހިސާބު ދެމުން ކަޝްމީރުގައި އިންޑިއާ ސިފައިން ބުނަނީ، ޕާކިސްތާނަށް ދިމާވި އިގްތިސާދީ މައްސަލަތަކާ އެކު ވެސް ޕާކިސްތާނުން ދަނީ ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް ތާއީދު ކުރަމުން ކަމަށެވެ. ނޫސްވެރިންނާ  ވާހަކަ ދައްކަމުން ކަޝްމީރުގައި ސިފައިން ބުނެފައި ބަނީ، ކަޝްމީރުގައި މިއަހަރު މަރާލާފައިވާ ނިރުބަވެރި ހަމަނުޖެހުން އުފެއްދި މީސްމީހުންގެ 60 އިންސައްތައަކީ ޕާކިސްތާނުން އައި މީހުން ކަމަށެވެ. ނަމަވެސް މިއަހަރު ނިރުބަވެރިކަމަށް ރެކްރޫޓީ ކުރި މީހުންގެ އަދަދު ދަށްވެފައިޥާ ކަމަށް ބުނެއެވެ. މިއަހަރު މި ގްރޫޕްތަކާ […]

ތިމަރަފުށީގައި ހިންގި މާރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފި

ތ. އަތޮޅު ތިމަރަފުށީގައި އިއްޔެ ހިންގި މަރާމާރީއަކާ ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެރަށު ގެއަކަށް ވަދެ ބަޔަކު މީހުން ހިންގި މަރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ފަސްމީހަކު އެރަށު ގެއަކަށް ވަދެ މަރާމާރީ ހިންގިކަން ފުލުހަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 13:27 އެހައިކަންހާއިރުގައެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އެރަށު ޖަހާމުގުރީގެ، އަހުމަދު އަމީން (36އ) އާއި، އެރަށު، ސަލްވާ، އަހުމަދު ޝަހުދީ (38އ) އާއި، […]

ޕީއެންސީއަށް އެއްލަކަ ހަމަކުރަން އެމްޑީޕީ މީހުން ވެސް ވައްދަނީ

އެމްޑީޕީގެ ލީޑަރޝިޕް ބޭފުޅުން ބައްދަލުވުމެއްގައި/ފޮޓޯ އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަސް ބުނެ އެމްޑީޕީގެ މެންބަރުންނަށް ނޭނގި އެޕާޓީގެ މީހުން ވެސް ޕީއެންސީއަށް ވައްދަމުންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައ ބުނެފައިވަނީ އެކަން ކުރަނީ މީހުންގެ ސޮއި ފޯޖުކޮށްގެން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިގެން ކަން މިކަމުން އެނގޭ ކަމަށެވެ. ސަރުކާރުން ގެންދަނީ ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައި މިކަން ފޮރުވުމަށް މަސައްކަތް ކުރަމުން ކަމަށާއި އެއީ ކަންބޮޑުވާ […]

ބިންވެރިޔާ ސްކީމްގެ ތަހުގީގަށް ސޯޅަ ފަރާތަކުން މައުލޫމާތު ދީފި

ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ސްކީމާގުޅޭ ގޮތުން ފުލުހުން މިހާރު ހިންގަމުން ގެންދާ ތަހުގީގަށް މައުލޫމާތު އެއްކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ސޯޅަ ފަރާތަކުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މައުލޫމާތަކީ މި މައްސަލައިގެ ތަހުގީގުގަށް މައުލޫމާތު އެއްކުރުމަށް ގާއިމްކުރި ޕޯޓަލް މެދުވެރިކޮށް ދީފައިވާ މައުލޫމާތެވެ. މައުލޫމާތު ދީފއިވާ ޖުމުލަ 16 ފަރާތުގެތެރެއިން  4 ފަރާތަކުންވަނީ ގުޅުންހުރި ލިޔެކިޔުންތައްވެސް ހިއްސާކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް […]