ތިންފުޅި ބަނގުރަލާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 29, 2024

ފުލުހުން މިރޭ ހިނގި އޮޕަަރޭޝަނެއްގައި ބަނގުރަލާއެކު މާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުުުހުން ވިދާޅުވީ މިއީ މާލޭގައި ބަނގުރާގެ ވިޔާފާރިކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ މީހާ ހައްޔަރު ކޮށްފައިވަނީ މާލޭ މަޖީދީ މަގުންނެވެ. ހައްޔަރު ކޮށްފައިވަނީ ގދ. ގައްދޫ ރެޑުމާގޭ، މުހައްމަދު އަޒުހަމް ސައީދު (33އ) ކަމަށް ފުލުހުން ވިދާުޅުވިއެވެ. ތިންފުޅި ބަނގުރާ ފެނިފައިވަނީ އަޒުހަމް ދުއްވި ސައިކަލުގެ މަޑިދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމާ ގުޅޭ