ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް/ފޮޓޯ އެމްޑީޕީ

އިންތިޚާބު އަވަސް ކުރަންވީ، ފައިސާ ހޯދޭނެ: ފައްޔާޒް

މުހައްމަދު އަލީ
މެއި 2, 2026

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސަރުކާރުން ލިބެންވާ ފައިސާ ޕާޓީއަށް މިހާތަނަށް ލިބިފައިނުވުމާއި، ސަރުކާރުން ޖަވާބުދާރީ ކުރުވުމަށް މިވަގުތު ހުރަސް އެޅޭ ކަމަށް ބުނެ އެމްޑީޕީ ޗެއަރޕާސަންގެ އިންތިޚާބު ފަސްކުރަން އެދި ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ ގައުމީ މަޖިލިހަށް ހުށަހެޅުމުންނެވެ. އެކަމާ ގުޅިގެން ފައްޔާޒު ވިދާުވީ އިންތިޚާބު ލަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާވެސް ހޯދޭނޭ ކަމަށާއި އިންތިޚާބުވީ އަވަސް ކުރަން ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ލަސްކުރަން ގަޕޯ ހުށަހެޅުމުން މީކާއީލް އަހުމަދު ނަސީމް ވެސް ވަނީ އެކަމަށް ދެކޮޅު ހައްދަވާފައިވެއެވެ. ޗެއަރޕާސަން ކަމަށްވަޑައިގަތުމަށް ކެންޕޭން ކުރައްވަމުން ގެންދެވާ މީކާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޗެއަރޕާސަން އިންތިޚާބު ލަސްކުރަން އުޅޭ އުޅުމަކީ އޭނާ ވެސް އަދި އެމްޑީޕީގެ މެންބަރަކު ވެސް ބަލައިގަންނާނޭ ނޫން ކަމަށެވެ.

”ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭ. ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބާ ނުކުޅުއްވާ، ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރައްވާ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މިތިބީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް،“ މީކާއީލް ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *