އީސީގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި

މުހައްމަދު އަލީ
މެއި 1, 2026

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޒާހިދު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނާއި އީސީން ވަނީ މިކަން ކަށަވަރު ކޮށްދެއްވައިފައެވެ. އެހެންނަމަވެސް ޒާހިދު އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އީސީގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ސަލާހު ރަޝީދު ވިދާޅުވެފައިވަނީ ޒާހިދު އިސްތިއުފާ ދެއްވިކަން ކޮމިޝަނަށް އެންގެވި ކަމަށެވެ. އެހެންނަމަވެސް ސަބަބެއް ވިދާޅުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ”މިއަދުން ފެށިގެން އިސްތިއުފާ ދެއްވި ކަމަށާއި، އެމަނިކުފާނަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދަކުރައްވާ ކަމަށް ވިދާޅުވި،“ ސަލާހު ވިދާޅުވެފައިވެއެވެ. ޒާހިދު އެމަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރު ޖަނަވަރީގައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *