މަސައްކަތްތެރިންގެ ހައްގުގައި ދެމިތިބޭނަށް: ރައީސް ސާލިހު

މުހައްމަދު އަލީ
މެއި 1, 2026

މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އަބަދުވެސް އެމްޑީޕީގެ އިސް އަމާޒެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ތަހުހުނިޔާ މަސައްކަތްތެރީންނަށް ފޮނުވައި އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ”މިގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި، 6 މަހުގެ މެޓާނިޓީ ލީވް ތައާރަފްކޮށް، ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ސަރވިސް ޗާޖު ކަށަވަރުކޮށްދެވުނީ އެމް.ޑީ.ޕީގެ ސިޔާސަތުތަކުގެ ސަބަބުން،“ ކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވެފައިވަނީ މަސައްކަތުގެ މާހައުލަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ، ރައްކާތެރި ތަނަކަށް ހެދުމަށް އެމްޑީޕީ ދެމިއޮންނާނޭ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްޤުގައި ކުރާ މި މަސައްކަތުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *