ސަންގުޓީވީން ކޮށްދެނީ މުހިންމު މަސައްކަތެއް: ފައްޔާޒު

އަހުމަދު މުހައްމަދު
އޭޕްރިލް 30, 2026

ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭން ސަންގުޓީވީން ކޮށްދެނީ މުހިންމު މަސައްކަތެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެެޓީވީގެ 11 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ދުވަހުގެ ހެޔޮއެދުންތައް އެޓީވީގެ ނޫސްވެރިންނާއި މުވައްޒަފުންނާއި މެނޭޖުމެންޓަށް އަރިސް ކުރައްވާ ކަމަށެވެ.

”‏ސަންގު ޓީވީގެ 11 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުންތައް އެ ޓީވީގެ ނޫސްވެރިންނާއި، މުވައްޒަފުން އަދި މެނޭޖުމަންޓަށް އަރިސްކުރަން. ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ތިޔަ ކޮށްދެއްވަނީ މުހިންމު މަސައްކަތްތަކެއް،“

ފައްޔާޒަކީ ނޫސްވެރިންނާ ގާތުން މަސައްކަތް ކުރައްވާ އަދި ނޫސްވެރިންނާ ގުޅުން ބާއްވަން މަސައްކަތް ކުރައްވާ ލީޑަރެކެވެ.

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ ފާސްކޮށް އެއްޗެހިތަކެއް ގެންދިޔުމުން ފައްޔާޒު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *