ޓެރަރިޒަމާ ދެކޮޅަށް ބައިލައްކަ އޮޕަރޭޝަން

ނިމިގެން މިދާ 2024 ވަނަ އަހަރު ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ޓެރަރިޒަމްއާ ދެކޮޅަށް 59،775 އޮޕަރޭޝަން ހިންގާފައި ވެއެވެ. ޖާސޫސީ މައުލޫމާތަށް ބިނާކޮށް ހިންގި މި އޮޕަރޭޝަންތަކަކީ ޓެރަރިޒަމާ ދެކޮޅަށް ކުރި މަސައްކަތުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، ޓެރަރިސްޓް ނެޓްވޯކްތަކާއި އެމީހުންގެ ސަޕޯޓް ސިސްޓަމްތައް ރޫޅާލައި ކަމާބެހޭ ފަރާތްތައް ވަނީ ހައްޔަރުކޮށްފަ އެވެ. މި އޮޕަރޭޝަންތަކަކީ ޚާއްސަކޮށް ހަރުކަށި ފިކުރުގެ މީހުން […]

އަފްޣާނިސްތާންގެ ހުރިހައި އެންޖީއޯތައް ބަންދު

އަފްޣާނިސްތާނުގައި އަންހެނުން ވަޒީފާ އަދާކުރާ ގައުމީ އަދި ބައިނަލްއަގްވާމީ ސަރުކާރު ނޫން ހުރިހާ އަމިއްލަ ޖަމިއްޔާތަކެއް ބަންދުކުރާނެ ކަމަށް ތާލިބާނުން އިއުލާންކޮށްފި އެވެ. ތާލިބާންގެ މި ފިޔަވަޅަކީ، އިސްލާމީ ހެދުން އެޅުމުގެ އުސޫލުތަކަށް އަމަލު ނުކުރާތީ ކަމަށް ތާލިބާން ސަރުކާރުން ބުނެއެވެ. އެކްސް ގައި ޝާއިއުކުރި ސިޓީއެއްގައި ތާލިބާނުންގެ އިކޮނޮމީ މިނިސްޓްރީން ވަނީ އަފްޣާން އަންހެނުން ވަޒީފާ އަދާކުރާ ހުރިހައި ޖަމިއްޔާއެއްގެ ލައިސަންސް ބާތިލް ކުރާނެ ކަމަށް އިންޒާރު ދީފަ އެވެ.  

މިވެރިކަން ބަދަލު ކުރަން މާބޮޑަށް ވެސް ލަސްވެއްޖެ: ޝިފާޒު

ޑެމްސްގެ ކަންމަތީ ބައްދަލުވުމެއްގައި ޝިފާޒު ވާހަކަ ދައްކަވަނީ: ފޮޓޯ ޑެމްސް

ރާއްޖޭގައި މިހާރު މިއޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރަން މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށް ދަ ޑިމޮކްރެޓްސްގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ ރައްޔިތުން ވެރިކަން ބަދަލުކުރަން އެދޭނަމަ އެކަމާ ނުޅެންވީ ސަބަބެއް ނެތް ކަމަށެވެ. ޝިފާޒު މިހެންވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން އެމްޑީޕީން އުޅުނުކަމަށް ބުނެ މިހާރު ފެތުރިފައިވާ ޚަބަރާ ގުޅިގެންނެވެ. މިވެރިކަން ވައްޓާލަން އެމްޑީޕީ ނޫނަސް ޕީއެންސީން ވެސް އަދި އުޅޭނޭ […]

ތިނަދޫ ސިޓީގެ މައްސަލަ ސިވިލްކޯޓަށް

ގދ. ތިނަދޫ، ފޮޓޯ ގދ. އަތޮޅުކައުންސިލް

ތިނަދޫ ސިޓީގެ ދަރަޖަ ބާތިލުކުރުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތުމާ ގުޅިގެން، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ނިންމައިފި އެވެ. މި މައްސަލަ ހުށަހެޅުއްވި އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު ބުނި ގޮތުގައި، ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަނުވާއިރު، ސިޓީގެ ދަރަޖަ ދިނުމަށް ކައުންސިލުން އޮޅުވާލާފައިވާ ލިސްޓެއް ބޭނުންކޮށްފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި މި ލިސްޓުގައި މަރުވެފައިވާ މީހުންނާއި، އެއް ނަމެއްގައި ތަކުރާރުކޮށް […]

ބިދޭސީއަކަށް ވަޅީން ބިރުދެއްކި މީހަކު ހައްޔަރު ކޮށްފި

ބިދޭސީއަކަށް ވަޅިން ބިރުދައްކައި ފައިސާ ފޭރިގަތުމުގެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ލ. މާވަށު މީހެއް ކަމަށެވެ. އޭނާއަކީ އުމުރުން  24 އަހަރުގެ ފިރިހެނެކެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓުން މިގޮތަށް ނިންމީ މައްސަލައާ ގުޅޭ ހެއްކާއި ގަރީނާ ފުލުހުން ހުށަހެޅުމާ ގުޅިގެންނެވެ. ކޯޓުގައި މައްސަލަ ބެލި […]