default
ގދ. ތިނަދޫ، ފޮޓޯ ގދ. އަތޮޅުކައުންސިލް

ތިނަދުއަށް ސިޓީގެ ދަރަޖަ ދިނުމުގެ މައްސަލަ ސިވިލްކޯޓަށް

އަހުމަދު މުހައްމަދު
ޑިސެމްބަރ 31, 2024

ތިނަދޫ ސިޓީގެ ދަރަޖަ ބާތިލުކުރުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތުމާ ގުޅިގެން، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ނިންމައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވި އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު ބުނި ގޮތުގައި، ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަނުވާއިރު، ސިޓީގެ ދަރަޖަ ދިނުމަށް ކައުންސިލުން އޮޅުވާލާފައިވާ ލިސްޓެއް ބޭނުންކޮށްފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި މި ލިސްޓުގައި މަރުވެފައިވާ މީހުންނާއި، އެއް ނަމެއްގައި ތަކުރާރުކޮށް މީހުން ހިމަނާފައިވެއެވެ.

ޑީއެންއާރުން ދޫކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ތިނަދޫގެ އާބާދީއަކީ 7،000 އެވެ. އަދި އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުންނެވެ. ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމަށް އާބާދީގައި 10،000 މީހުން ހަމަވާން ޖެހެއެވެ.

  1. ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމުގައި ބުނެފައިވަނީ ރައީސްގެ ގަރާރަކީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫން ކަމަށާއި، އެފަދަ މައްސަލަތައް ބެލުމުގެ އިހުތިސާސް ހައި ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.

މި ލިޔުމާ ގުޅޭ