ރައީސް ހުވަދުއަތޮޅަށް ފުރާވަޑައިގެންފި

ހުވަދުއަތޮޅުގެ ދެ ބުރީގެ ނުވަ ރަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ފުރައިވަޑައިގެންފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީން އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޯނޑެއްދޫ، ނަޑައްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫއަށެވެ. ހުވަދުއަތޮޅު އުތުރުބުރީން އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގދ. ހޯނޑެއްދޫގެ ފެނާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެއެވެ. […]

ޗައިނާ އިންޑިއާ ކަނޑަށް ފޭބުން

ތިން ވަނަ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމަކީ، 2024ގެ އޯގަސްޓް މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ފޯރަމެކެވެ. ރާއްޖޭން އެދިގެން އެފޯރަމް އެހެން ގައުމަކަށް ބަދަލު ކުރީ އެވެ. އިންޑިއާ ކަނޑުގެ ޤައުމުތަކާ ބެހޭ މި ފޯރަމް ބާއްވާފާއި ވަނީ އިންޑިއާ ކަނޑާއި މާދުރުގައި އަދި އިންޑިއާ ކަނޑަށް ސަރަހައްދު ހިއްސާ ނުކުރާ ޤައުމެއްގައެވެ. ޑިސެމްބަރު މަހުގެ މެދުތެރޭގައި ފޯރަމް ބާއްވާފައި ވަނީ ކުއްމިންގައެވެ. ޗައިނާއަށް ތުހުމަތު ކުރެވެނީ، އިންޑިއާ ކަނޑުގެ ސަރަހައްދަށް ނުފޫޒު ފޯރުވުމަށް […]