ފިޔޯރީގައި މަސް ފެކްޓްރީއެއް ހެދުމަށް ޗައިނާއަށް

ގދ. ފިޔޯރީގައި މަސްކިރާ ފެކްޓްރީއެއް ގާއިމުކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލު ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަފުޅުގައި ވިދާޅުވީ އަންނަ ފެބުރުވަރީ މަހު ޗައިނާގެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރައްވާނޭކަމަށެވެ. ފިޔޯރީ މަސްވެރިން ބާނާ މަސް ކިރަން ކޫއްޑޫއަށް ކުރަންޖެހޭ ދަތުރަކީ ތަކުލީފް ބޮޑު ދަތުރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރާ […]
ކޮމްޕިއުޓަރ ވިއުގަ އަޕްގްރޭޑް ކުރުމުގެ ދިރާސާ ހަދަން ލަންކާ ބަޔަކަށް

ސޮފްޓްވެއަރ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޯލޮޖީއަށް ބިނާކޮށް ޤައުމީ ކޮމްޕިއުޓަރ ވިއުގަ (ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް (އެން.ސީ.އެން)) ގެ ޚިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ބޭނުންވާ ދިރާސާ ހެދުމަށް، ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާއި އެކު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް […]
މަރުވެފައިވާ މީހަކު ފެނިއްޖެ، ޕޯސްޓްމޯޓަމް ހަދާނެ: ފުލުހުން

މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ އެމީހާ ފެނިފައިވަނީ މާފަންނު ތަރިވިލާގެއިންނެވެ. އޭނާ މަރުވެފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:53 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާގެ ހަށިގަނޑުވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މަރުވެފައިވަނީ ތަރިވިލާގެ ޙުސައިން އަހުމަދު (41އ) އަހަރު އެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ޒަޚަމެއް އެއްޗެއް ފެންނަންހުރިތޯ ނޫންތޯ ނުވަތަ އިތުރު ގެއްލުމެއް، ނިޝާނެއް ހުރިތޯ ނޫންތޯ ފުލުހުން ވިދާޅުވެފައެއް ނުވެއެވެ. […]
މަސްތުވާތަކެތި ބޭނުންކުރާ މީހުންގިނަ، ފަރުވާދޭ މަރުކަޒުގެ ޖާގަކުޑަ

ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންގެ އަދަދު ގިނަކަމާއި އެހެންނަމަވެސް އެމީހުންނަށް ފަރުވާދޭ މަރުކަޒުގެ ޖާގައިގެ ދަތިކަން ބޮޑުކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ހުސައިން ވިދާޅުވެއްޖެ އެވެ. ލުބްނާ ވިދާޅުވީ ރިހެބިލިޓޭޝަން ސެންޓަރު އެންމެ ފުރަތަމަ 1997 ވަނަ އަހަރު ބިނާ ކުރީއްސުރެން މިއަދާ ހަމައަށް އިމާރާތަށް ނުވަތަ ޖާގައަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށެވެ. އެއީ އެންޑީއޭގެ ފަރުވާގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ލުބުނާ ވިދާޅުވިއެވެ. […]
މަސްތުގެ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރަނީ

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ނެޝަނަލް ޑްރަގް އެޖެންސީއާއި، ހެލްތު މިނިސްޓްރީއާއި، އެލައިޑް އިންޝުއަރެންސް އާއެކު މަޝްވަރާ ކޮށްފިއެވެ. އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ހުސައިން ވިދާޅުވީ މަޝްވަރާ ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި މަސްތުވަތަކެތީ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުމަށް ކަމަށެވެ. އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މި ޕްރޮގްރާމުގެ ބައެއް ބައިތައް ކްލާސްތަކަށް ހާޒިރުވެ ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ލުބްނާ ވިދާޅުވިއެވެ. ”އިރާދަކުރެއްވިއްޔާ […]
ނަޑެއްލާއަށް އައު ބަނދަރަކާއި ފުލުހުންގެ ޚިދުމަތް

މި ޖަނަވަރީ މަހުގެ ތެރޭގައި، ގދ. ނަޑެއްލާގައި އާ ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯއްދަވަން އިޢުލާން ކުރައްވާނޭ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ނަޑެއްލާއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނަޑެއްލާގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ، 2008 ވަނަ އަހަރު ތަރައްގީކޮށްފައިވާ ބަނދަރެކެވެ. އެހެންނަމަވެސް ރަށުގެ ތަރައްގީއަށް މިހާރު އައިސްފައިވާ ބަދަލުގެ ސަބަބުން މިހާރުގެ ބަނދަރަކީ އެންމެ އެކަށީގެންވާ ބަނދަރެއް ނޫންކަމަށް ރައީސް ވަނީ ފާހަގަ […]
އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ދިމާވި ސިއްހީ ހާލަތެއްގެ ސަބަބުން

މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުންކަމަށް ޕްރެލިމިނަރީ އެސެސްމެންޓްތަކުން ލަފާ ކުރެވޭ ކަމަށެވެ. އެކްސިޑެންޓު ހިނގާފައިވަނީ ޓެކްސީއެއް ކޮންޓުރޯލް ނުކުރެވި ގޮސް ޕިކަޕެއްގައި ޖެހިގެންނެވެ. ޓެކްސީގެ ބައެއް ވަނީ ޕިކަޕާއެކު ތާށިވެފައެވެ. ހާދިސާ ހިނގިގޮތް އިތުރަށް ބަލަމުންދާ ކަމަށް އެއާޕޯޓު ކޮމްޕެނީން ވަނީ ބުނެފައެވެ. ޑްރައިވަރަށްދިމާވި […]
ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލެވެންނެތް: ސިޓީކައުންސިލް

މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލެވެންނެތް ކަމަށް މާލޭސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީކައުންސިލުން ބުނެފައިވަނީ މި ވަގުތު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި، 8 އިންޗި އާއި 9 އިންޗިއާއި ދެމެދު މިންވަރަކަށް، ފެން ހަރުލާފައި ހުރިމުގެ ސަބަބުން، ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިވެފައިވާ ކަމަށެވެ. މި ގޮތަށް ދިމާވުމުން، މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމް ހަމަޖެހިފައިވަނީ، […]
ﷲގެ ނިޢްމަތްތަކާމެދު ވިސްނާލީ ކިހާވަރަކަށް ހެއްޔެވެ؟

ސައުދިއަރަބިޔާގެ މަގެއްގައި ހިނގާފައި ދިޔަ، ޢުމުރުން ދުވަސް ވެފައިވާ، އެ ޤައުމުގެ ރައްޔިތެކެވެ. އޭނާ ހިނގަމުން ދަނިކޮށް ކުއްލިއަކަށް މަގުމައްޗަށް ވެއްޓިއްޖެއެވެ. މި މަންޒަރު ފެނުނު ބަޔަކު، ކައިރީގައި ހުރި ހޮސްޕިޓަލަކަށް އޭނާ ގެންދިޔައެވެ. ވަގުތުން އިމަޖެންސީ އަށް ވައްދައި ޑޮކްޓަރުން ބެލި ބެލުމުން އެނގުނީ، އޭނާ ވެއްޓުނީ އޮކްސީޖަން ލެވެލް ދަށްވެގެން ކަމެވެ. އެހެންކަމުން ހޮސްޕިޓަލްގައި އޭނާ އެނދުމަތިކުރެވުނެވެ. ފަރުވާދީ އޮކްސީޖަން ލެވެލް ހަމައަކަށް އެޅުމުން އޭނާ ދޫކޮށްލެވުނެވެ. ޑިސްޗާރޖް ކުރުމަށްޓަކާ ބިލް އޭނާއާ ޙަވާލުކުރެވުމުން […]
ހޯނޑެއްދޫ ގިރުމުގެ މައްސަލައަށް ދާއިމީ ހަލެއް ހޯދައިދޭނަން: ރައީސް

ހޯނޑެއްދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށާއި، އުދައެރުމުގެ މައްސަލައަށް މި އަހަރުގެ ބަޖެޓުގެ ތެރެއިން ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެރަށުގެ ތައުލީމާއި ސިއްހީ ދާއިރާ ކުރިއެރުވުމަށާއި، ކުޅިވަރުގެ އެކި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރައްވާނޭ ކަމަށެވެ. ރައީސް ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަށް ރަށާ ކައިރި ފަޅުރަށްތަކުގައި އިންޓަރ ގްރޭޓެޑް ޓޫރިޒަމް ހިންގޭނެ […]
