އިހުތިޖާޖަށް ނިކުންނަން އެމްޑީޕީން ފާސްކޮށްފި

ގާނޫނު އަސާސީގެ ދިފާއުގައި މާލޭގެ މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ. މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވަނީ މިހިނގާ ޖަނަވަރީމަހުގެ 31 ވަނަ ދުވަހު މާލޭގެ މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރުމަށެވެ. މީގެ ކުރިން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ އަށާރަވަން ބައްދަލުވުމުގައި ވަނީ ގާނޫނު އަސާސީއަށް ގެނައި ބަދަލު އިހުއޮތް ގޮތަށް ރުޖޫއަކުރުމާ ހަމައަށް މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިހުތިޖާޖު ކުރުމުގެ ގޮތުން އެކިއެކި ސިޔާސީ ހަރަކާތްތައް […]
ކަނޑުހުޅުދޫ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދޭނަން: ރައީސް

ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ބަނދަރުގެ ޖާގަ ދަތިވުމުގެ މައްސަލައަށް މިއަހަރު ހައްލު ހޯއްދައިވައި ދެއްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި އަހަރު އަމަލީ މަސައްކަތް ފަށްޓަވާނޭ ކަމަށެވެ. ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވާނީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާތަކެއް ކުރެވި، ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް ކަމަށް ވެސް ރައީސް […]
ގްރޫމް ކުރި ޓީޗަރު ހައްޔަރު ކުރަން އަމުރުކޮށްފި

ދެކުނު ސަރަހައްދުގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކޮށް ޖިންސީ ގޯނާކުރި މައްސަލައިގައި، އެ ޓީޗަރަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ. 29 އަހަރުގެ އެ ޓީޗަރު ބަންދުން ދޫކޮށްލުމަށް މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފައިވެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް އަލުން ހުށަހެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގާފައިވެ އެވެ. […]
ކުޑަކުދިންގެ ކައިވެނި ކުރުން ނިމުމަކަށް ގެނައުމަށް ގޮވާލައިފި

ޕޮޓޯހާ އޯގަނައިޒޭޝަން ފޯ ޑިވެލޮޕްމަންޓް އެޑްވޮކޭޝަން (ޕޯޑާ) އާއި ޕާކިސްތާން ޑިސްޓްރިކްޓް ޕޮޕިއުލޭޝަން ވެލްފެއާ އޮފީހުން ދާދި ފަހުން ބޭއްވި ވޯކްޝޮޕެއްގައި ޕާކިސްތާނުގައި ކުޑަކުދިންގެ ކައިވެނި ކުރުމުގެ މައްސަލައަށް އަލިއަޅުވާލާފައިވެ އެވެ. މި އިވެންޓުގައި ބާރުއަޅާފައިވަނީ ޒުވާން އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ގައުމީ އައިޑެންޓިޓީ ކާޑަށް ބަލައިގެން 18 އަހަރު ކަމަށް ކަނޑައަޅާފައިވާ ކުދިންނަށް ނޫން ބަޔަކަށް ކައިވެނި ނުކުރެވޭ ގޮތަށް ހަމަޖައްސާށެވެ. މިވަގުތު ޕާކިސްތާނުގެ ކައިވެނީގެ ގާނޫނުތައް އޮތީ އެހާ ސާފު ކޮށް ނޫންކަމަށް […]
ދަނޑުވެރީންނަށް އޮތީ އުފާފާގަތިކަން: ރައީސް

ރާއްޖޭގެ ދަނޑުހައްދާ ދަނޑުވެރީންނަށްއޮތީ އުފާގަތިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގއ. ނިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވީ ވާހަކަފުޅުގައި ރައީސް ވިދާޅުވީ އަމާޒަކީ، ދަނޑުވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާކުރެއްވުން ކަމަށެވެ. ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން ފަށައިފައިވާ ކަމަށް ރައީސް ވިދާޅިވިއެވެ. އެގޮތުން އެކަމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދަނޑުވެރިކަމަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ބަލާއިރު […]
