މެންބަރުން އިތުރުކޮށްދީފައިވަނީ ފޯމުތަކުގެ ސައްހަކަން ނުބަލައި: ފައްޔާޒު

ފާއިތުވި ތިންމަސްތެރޭގައި ޕީއެންސީއަށް ސާޅީސް ހާސް މެންބަރުން ހަމަކޮށްފިއެވެ. އެޕާޓީއަށް މިއަދަދަށް މެންބަރުން ހަމަވެފައިވަނީ ވަގުފޯމްތަކެއް ފުރައިގެން ޕާޓީއަށް މީހުން ވައްދަމުން ގެންދާ މައްސަލަތަކެއް ތިލަވެފައިވާ ވަގުތެއްގައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ފަދަ މައްސަލަތަކެއް ތިލަވެފައިވާ ވަގުތެއްގައި އިލެކްޝަނުން ވަނީ ފޯމުތަކުގެ ސައްހަކަން ބެލުމެއްނެތި ޕީއެންސީއަށް ސާޅީސް ހާސް މެންބަރުން ހަމަކޮށްދީފައި ކަމަށެވެ. ”ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން […]
ފަރުބަދައަށް އަރަން ނަގާ ފީ ބޮޑުކޮށްފި

ޕާކިސްތާނުން ހިފާފައިވާ ގިލްގިޓް ބާލްޓިސްތާންގައި ފަރުބަދައަށް އެރުމަށް ނަގާ ފީ ބޮޑު ކުރުމުން ޓުއާ އޮޕަރޭޓަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިފަދަ ފިޔަވަޅުތަކުން ގިލްގިޓުގެ ކުރިއަރަމުން އަންނަ އެޑްވެންޗާ ޓޫރިޒަމް އިންޑަސްޓްރީއަށް ގެއްލުން ވާނެ ކަމަށް ޑޯން އިން ރިޕޯޓްކޮށްފައިވެ އެވެ. ގިލްގިޓްގެ ޓުއާ އޮޕަރޭޓަރުން ވަނީ އަލަށް ތައާރަފް ކުރި އަގުތައް އަނބުރައ ގެންދިއުމަށް ސަރުކާރުގައި އެދިފައެވެ. ކޭ-2 ފަދަ ދުނިޔޭގެ އެންމެ އުސް ބައެއް ފަރުބަދަތަކާއި 7،000 މީޓަރަށް ވުރެ މަތީގެ 100 އަށް ވުރެ […]
މަޖިލިސް ޕްރައިމަރީއާބެހޭ މައްސަލައެއްގެ ހުކުމް މިއަދުކޮށްފި

މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަހަރަކާ ގާތްވެފައި ވަނިކޮށް، އެ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީއަކާ ގުޅޭ މައްސަލައެއްގެ ހުކުމް ސިވިލްކޯޓުން އިއްވައިފިއެވެ. މި މައްސަލައިގައި ޕީޕީއެމް/ޕީއެންސީގެ މެދުހެންވޭރު ދާއިރާގެ މަޖިލިސް ޕްރައިމަރީ ބާތިލުކުރަން ހުށަހެޅީ އެ ޕްރައިމަރީގައި ވާދަކުރި ހ. ފޭވަރިޓް ވިލާ ހަސަން ރަމީޒެވެ. ރަމީޒު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުުގެ 27 ވަނަ ދުވަހު ބޭއްވި އެ ކޯލިޝަންގެ މަޖިލިސް […]
ޑިފެންސްގެ ކާރަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާކޮށްފި

އެކްސިޑެންޓެއްގައި، ޑިފެންސް މިނިސްޓްރީގެ ކާރަކަށް ލިބުުނު ގެއްލުމަކާ ގުޅިގެން އެ ކާރު މަރާމާތު ކުރަން ހަރަދުވި ފައިސާ، އެކްސިޑެންޓްވި މީހާ އަތުން ހޯދަން އެ މިނިސްޓްރީން ދައުވާ ކޮށްފިއެވެ. ވ. އަފި، މުހައްމަދު ޝިނާޒްގެ މައްޗަށް ޑިފެންސް މިނިސްޓްރީން ކުރި ދައުވާގައި ބުނެފައި ވަނީ، 2023 ވަނަ އަހރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އޭނާ ދުއްވަމުންދިޔަ ސައިކަލުން ޑިފެންސް މިނިސްޓްރީގެ ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގި ކަމަށެވެ. އެ ހާދިސާގައި ކާރަށް ލިބުނު ގެއްލުން […]
ފަރެސްމާތޮޑާއިން އެސްޓީއޯއަށް ބިމެއް ހަމަޖައްސައިދީފި

ގދ. ފަރެސްމާތޮޑާގައި ތެޔޮޝެޑެއް ހެދުމަށް އެސްޓީއޯއަށް ބިމެއް ހަމަޖައްސައިފިއެވެ. ހަމަޖައްސައިދީފައިވަނީ ކިހާވަރެއްގެ ބިމެއްކަމެއް އެނގިފައެއް ނުވެެއެވެ. ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒު ވިދާޅުވީ ތެޔޮޝެޑްގެ މަސައްކަތާ ގުޅޭގޮތުން އެސްޓީއޯގެ އިންޖިނޭރުންނާ އެކު ފަރެސްމާތޮޑާ ކައުންސިލުން ވަނީ ބައްދަލުކޮށްފައި ކަމަށެވެ. މިމަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ފަރެސްމާތޮޑާއަކީ މަސްވެރި ރަށެކެވެ. އެރަށުގައި މިހާރުވެސް މަހަށްފުރާ އަށް ދޯނި އޮވެއެވެ. އެއިން ކޮންމެ ދޯންޏަކީ ސަތޭކަ ފޫޓުގެ ދޯންޏެކެވެ. މީގެ އިތުރުން […]
